އޭދަފުށި ކަޕްގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ

ބ. އޭދަފުށީގައި މާދަމާ ހަވީރު ފަށާ އޭދަފުށި ކަޕްގެ މެއިން ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފި އެވެ.

އޭދަފުށީ ކްލަބް ޖަމިއްޔާތަކަށް ހުވާލާއިގެން ބާއްވާ އޭދަފުށި ކަޕްގެ އެސްޓީއޯ އިން ސްޕޮންސާކުރުމުން “އޭދަފުށި ކަޕް” ގެ ނަމުގެ ކުރިއަށް އެސްޓީއޯ އިތުރުވާނެ އެވެ.

އޭދަފުށީ ކައުންސިލުގެ ކްލަބް، ކްލަބް އޭދަފުށިން ރާވާ އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ހުސްސޮންގުން އާއި ވެލާ ސްޕޯޓްސް އެވެ. ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ބަނަފްސާ ކަންމަތި އެފްސީ އާއި ދެކޮޅަށް ނުކުންނާނީ އޭދަފުށި ވެޓަރަންސް ޓީމެވެ. ތިންވަނަ މެޗުގައި އާދީއްތަ ދުވަހު ވެލާ ސްޕޯޓްސް އާއި ދެކޮޅަށް ނުކުންނާނީ އެމްވީ ޔުނައިޓެޑެވެ.

މި މުބާރާތް ލީގު އުސޫލުން ކުޅޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެއެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ލީގު އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލުގެ މެޗަކަށްފަހު އެވެ.

މިމަހުގެ 19ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އޭދަފުށީ ކައުންސިލުން 7000 ހާސް ރުފިޔާ އަދި ރަނާއަޕް ޓީމަށް 2500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައިއެވެ.

މިއީ  ކޯވިޑް19ގެ ހާލަތާ ހުރެ ބޮޑު މުބާރާތެއް ނުބޭއްވި ގިނަ ދުވަސްތަކެއް ވެފައިވާއިރު އޭދަފުށީ ފުޓްބޯޅަ ޓީމު ތަކުގެ މެދުގައި ޓާފް ދަނޑުގައި ބާއްވާ ފުރަތަމަ މުބާރާތެވެ.

މި މުބާރާތާއެކު އަންހެނުންނަށް ހާއްސަކޮށްގެން “އެސްޓީއޯ އޭދަފުށި ވިމެންސް ފުޓްސަލް ކަޕް” ގެ ނަމުގައި މާރޗު 9 ވަނަ ދުވަހު ފުޓްސަލް މުބާރާތެއް ވެސް ފަށާނެ އެވެ.

އެސްޓީއޯގެ އިތުރުން އުރީދޫ، ލޮޓަސް އަދި ޖާޒިއާ ފިހާރައިންވެސް މި މުބާރާތަށް އެހީތެރިވެދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.