އޭދަފުށި ވިމެންސް ކަޕްގެ ސަބަބުން އަންހެން ފުޓްސަލް ކުރިއެރުމަށް އިތުރު ކުރިއެރުން ލިބޭނެ: ބައްސާމް

ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އެސްޓީއޯ އޭދަފުށި ވިމެންސް ފުޓްސަލް މުބާރާތުގެ ސަބަބުން ރާއްޖޭގައި އަންހެނުންގެ ފުޓްސަލް ކުރިއެރުމަށް އިތުރު ކުރިއެރުން ލިބޭނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މާދަމާ ހަވީރު އޭދަފުށި ފަށާ އޭދަފުށި ކަޕާ ގުޅޭގޮތުން ބައްސާމް ދެއްވި މެސެޖެއްގައި ވިދާޅުވީ މި މުބާރާތާއެކު ބާއްވާ އަންހެން ފުޓްސަލް މުބާރާތަކީ ކާމިޔާބު އަދި ފުރިހަމަ މުބާރާތަކަށް ވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން ރާއްޖޭގައި އަންހެނުންގެ ފުޓްސަލް ކުރިއެރވުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް ބައްސާމު ވިދާޅުވި އެވެ.

މިމަހުގެ 9 ވަނަ ދުވަހު ފަށާ އަންހެން ފުޓްސަލް މުބާރާތުގައި ހަތަރު ޓީމު ވާދަކުރެ އެވެ. ފުރަތަމަ މެޗުގައި ލަކީ ގާލްސް އާ ދެކޮލަށް ނުކުންނާނީ ލިލީ ގާލްސް އެވެ. އަދި ދެވަނަ މެޗުގައި ދަ ޝޫޓާސް އާ ދެކޮޅަށް ނުކުންނާނީ ގަލްފް ގާލްސް އެވެ.

މި މުބާރާތުގެ މެޗުތައް ކުޅޭނީ އޭދަފުށީ ފުޓްސަލް ދަނޑުގައި ރޭގަނޑު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.