ދަރަވަންދޫގައި ކަރަންޓީނާ ޙިލާވުފި ބިދޭސީއަކު ޕޮޒިޓިވް، ރަށް މޮނިޓަރިން އަށް!

ދަރަވަންދޫ: ހޯމް ކަރަންޓީންގައި ހުރެފައި ނުކުމެ އުޅެނިކޮށް ނަތީޖާ ލިބުނުއިރު ކޮވިޑަށް ޕޮޒިޓިވް

ބ. ދަރަވަންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ނަތީޖާ ނުލިބެނީސް ނުކުމެ އުޅެނިކޮށް، އޭނާގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށް ނުރައްކަލަށް ހުށަހެޅިއްޖެ އެވެ.

ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ ސަމީހް އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވުމުން، ބެލިއިރު އޭނާ އުޅުނީ އަމިއްލައަށް ފިލައިގެން ބޭރުގައި ކަމަށެވެ. އޭނާ ހޯމް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ވުމުން ނެގި ސާމްޕަލް ޕޮޒިޓިވްވި އިރު، ސާމްޕަލް ނެގި ދުވަހުން ފެށިގެން ނަތީޖާ ލިބުމާ ހަމައަށް އާއްމުކޮށް ރަށު ތެރެއަށް ނުކުމެ އެކި ތަންތަނަށް ގޮސް މީހުންނާ ބައްދަލުވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ބަނގްލަދޭސް އެ މީހާ ނަތީޖާ ލިބުމުގެ ކުރިން އެ ރަށުގެ ބައެއް ފިހާރަތަކާއި މިސްކިތަށް ނަމާދަށް ވެސް ދިޔަ އެވެ. އޭގެކުރިން ބަނގްލަދޭސް މީހުން އުޅޭ އެހެން ގޭގެއަށާއި އާއމުން ގިނައިން ގޮސް އުޅޭ އެހެން ސަރަހައްދުތަކަށް ވެސް އޭނާ ދިޔައިރު، ބައްދަލުވި މީހުންގެ އަދަދު ވެސް ގިނަ ކަމަށް ވެ އެވެ. އޭނާ ހޯމް ކަރަންޓީންގައި ހުރި ގޭގައި މިހާރު ކުއްޔަށް ބިދޭސީ އެހެން ބަޔަކު ވެސް އުޅޭ ކަމަށް ވެ އެވެ.

ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދަން ކަމަށު މިހާރު ވަނީ މޮނިޓަރިންއަށް ލައިފަ އެވެ.

ފުރަބަންދު ހޯމް ކަރަންޓީނުގައި އަމަލުކުރަން އެޗްޕީއޭއިން ކަނޑައަޅާފައި އޮންނަ އުސޫލަކީ 14 ދުވަސް ވުމުން ސާމްޕަލް ނަގައި ނަތީޖާ ލިބެންދެން މަޑުކުރުމެވެ. ކަރަންޓީނު ނިމުމަކަށް އަންނާނީ ސާމްޕަލް ނެގެޓިވްވުމުންނެވެ. ހޯމް ކަރަންޓީނުގައި ތިބޭ މީހުން ކޮވިޑަށް ޕޮޒިޓިވް ވާ ހާލަތުގައި ވެސް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭހާ ބަލި ނޫން ނަމަ ބައިތިއްބަނީ ގޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.