އިންޓަނެޓުގެ އަގަށް ގެންނަ ހެޔޮ ބަދަލުތައް އާންމުކޮށްފި

އިންޓަނެޓްގެ އަގަށް ގެންނަން ނިންމި ހެޔޮ ބަދަލުގެ މައުލޫމާތު ސަރުކާރުން އާންމުކޮށްފިއެވެ.

“ނެޓްހެޔޮ” ގެ ނަމުގައި ސަރުކާރުން ގެނެސްދިން މި ބަދަލުތައް އިއުލާންކޮށްފައިވަނީ މިއަދު ހެނދުނު ބޭއްވި އޮންލައިން ރަސްމިއްޔާތެއްގަ އެވެ.

މިގޮތުން މިއަހަރުގެ ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު މިބަދަލުތައް ގެންނަން ނިންމާފައި ވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އަންނަ މަހުން ފެށިގެން އިންޓަނެޓްގެ އަގު 28-30 ޕަސެންޓް ހެޔޮވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެގޮތުން ރެޒިޑެންޝަން އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ސަރުކާރުން ބަދަލު ގެންނަން ނިންމާފައިވާ ގޮތަކީ:

  • ފަސް އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ އެލަވެންސް 250 ރުފިޔާ އަށް، ތްރޮޓްލް ސްޕޯޑު ދެ އެމްބީޕީއެސް
  • 15 އެމްބީޕީއެސް ސްޕީޑުގައި 100 ޖީބީގެ އެލަވެންސް 500 ރުފިޔާ އަށް، ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް
  • 25 އެމްބީޕީއެސް ސްޕީޑުގައި 200 ޖީބީ އެލަވެންސް 700 ރުފިޔާ އަށް، ޓްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް

މި ބަދަލާއެކު ރެޒިޑެންޝަލް އިންޓަނެޓު ހިދުމަތުގެ އަގުން 60 ޕަސެންޓާއި 75 ޕަސެންޓާ ދެމެދަށް އަގު ހެޔޮވާނެ ކަމަށް ސަރުކާރުން ބުންޏެވެ. އަދި މިއާ އެކު ތްރޮޑްލް ސްޕީޑު ދެ ގުނަ މަތިވާނެ ކަމަށް ވެސް ބުންޏެވެ.

މިއާރު އެވްރެޖުކޮށް ތްރޮޓްލް ސްޕީޑު ހުންނަނީ އެއް އެމްބީޕީއެސް އާއި ދެ އެމްބީޕީއެސް އާ ދެމެދު އެވެ.

އިންޓަނެޓުގެ އަގަށް ބަދަލު ގެންނަން ނިންމާފައި ވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ފޭސްގައި، ދިރާގާއި އުރީދޫގެ ރެޒިޑެންޝަން އިންޓަނެޓު ހިދުމަތުގެ އަގު ޖުލައި މަސް ތެރޭ 28 ޕަސެންޓާއި 30 ޕަސެންޓާ ދެމެދަށް ދަށްކޮށް ތްރޮޓްލް ސްޕީޑަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ. އަދި ދެވަނަ ފޭސްގައި، އޮކްޓޫބަރު 2021 އިން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ހިދުމަތަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.