ބ. އަތޮޅުގެ ކޮވިޑް ހާލަތު: ކެންދޫން ވެސް ބަލި ފެނިއްޖެ

ބ. ކެންދޫ

މިހާރު  ކޮވިޑް-19 ފެތުރެމުންދާ ބ. އަތޮޅުގެ އިތުރު ރަށަކުން މިއަދު ބަލި ފެނިއްޖެ އެވެ.

އަލަށް ކޮވިޑް ފެނުނު ކެންދޫން މިއަދު މީހަކު ޕޮޒިޓިވްވުމާ އެކު މި އަތޮޅުގައި މީހުން އުޅޭ 13 ރަށުގެ ތެރެއިން ހަތަރު ރަށަކަށް މިހާރު ކޮވިޑް ވަނީ ފެނިފަ އެވެ. ކެންދޫން މި ބައްޔަށް ޕޮޒިޓިވްވީ ރޯގާގެ އަލާމާތްތައް ހުރެގެން ބުރާސްފަތި ދުވަހު ނެގި ސާމްޕަލްތަކުންނެވެ.

ބ. އަތޮޅުން އާއްމުންގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑް ފެނުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އޭދަފުށިންނެވެ. އޭދަފުއްޓާއި ކެންދޫގެ އިތުރުން ތުޅާދު އާއި ދަރަވަންދޫން ވެސް ވަނީ ކޮވިޑް ފެނިފަ އެވެ. މި ހުރިހާ ރަށަކަށް ވެސް މިހާރު ވަނީ އަރައިފޭބުން މަނާކޮށްފަ އެވެ.

ބ. އަތޮޅުން އާއްމުންގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑް ފެނުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އޭދަފުށިންނެވެ. އޭދަފުއްޓާއި ކެންދޫގެ އިތުރުން ތުޅާދު އާއި ދަރަވަންދޫން ވެސް ވަނީ ކޮވިޑް ފެނިފަ އެވެ.

ތުޅާދޫ މޮނިޓަރިނަށް ލީ މިމަހުގެ 9ވަނަ ދުވަހު އާންމުންގެ ތެރެއިން މީހަކު ބައްޔަށް ޕޮޒިޓިވްވުންނެވެ. ތުޅާދޫން މިހާތަނަށް 57 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރެއިން 16 މީހަކުވަނީ ބަލިން ރަގަޅުވެފައެވެ.

ދަރަވަންދޫ މޮނިޓަރިންނަށްލީ މިމަހުގެ 17ވަނަ ދުވަހުއެވެ. އެރަށުން މިބަލި ފެނުނީ ހޯމް ކަރަންޓީންގައި ހުރި މީހެއްގެ ގައިންނެވެ. އެމީހާ ކަރަންޓީނު މުއްދަތު ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލް ނަތީޖާ ނުލިބެނީސް ރަށުތެރެއަށް ނުކުމެ އުޅެފައިވެއެވެ. އެމީހާގެ ސާމްޕަލް ކޯވިޑްއަށް ޕޮޒިޓިވެ ރަށްވަނީ މޮނީޓަރިންއަށް ލާފައެވެ. އެހެންނަމަވެސް މިމީހާ ކޮންޓެކްޓްވި އެއްވެސް މީހަކު މިހާތަނަށް އަދި ޕޮޒިޓިވްވެފައެއް ނުވެއެވެ. އެހެން ނަމަވެސް ކޮންޓެކްޓްވި އެންމެން ތިބީ ކަރަންޓީންގައިކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މިބަލީގައި މިހާތަނަށް ބ.އަތޮޅުން ދެމީހަކުވަނީ ނިޔާވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.