ފަލަސްތީނަށް އެހީވުމަށް ބ. އަތޮޅުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ

ފަލަސްތީނުގައި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ބ. އަތޮޅުގެ ފަސް ރަށެއްގެ ރައްޔިތުންގެ ފަރާތުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސް (އައިއޭސީ) މިދިޔަ ރޯދަމަހުގެ ތެރޭގައި ފަލަސްތީނަށް އެހީވުމަށް ހުޅުވާލި ފުރުސަތު ރޭގެ ނިޔަލަށް ނިންމާލިއިރު، ބ. އަތޮޅުގެ ފަސް ރަށަކުން ޖުމްލަ 108310.95 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.

ފަލަސްތީނަށް އެހީވުމަށް އައިއޭސީ މެދުވެރިކޮށް ބ. އަތޮޅުން ފައިސާގެ އެހީވި ފަރާތްތައް

  • ގޮއިދޫ 37،600ރ.
  • ކެންދޫ 65،750ރ.
  • ކެންދޫ ޑައިމަންޑް ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް 27,324.75ރ.
  • މާޅޮސް 19،755ރ.
  • ކަމަދޫ 47،731.2ރ.
  • އޭދަފުށި ވެލާ ސްޕޯޓްސް 13,500ރ

އައިއޭސީ މޯލްޑިވްސް އިން ބުނި ގޮތުގައި ފަލަސްތީނަށް އެހީވުމަށް ދެވޭ ފައިސާތައް ހަރަދު ކުރަނީ ޣައްޒާގެ ތެރޭގައި މަސައްކަތް ކުރާ ހަތަރު އެންޖީއޯއަކާއި ގުޅިގެންނެވެ. އައިއޭސީ މޯލްޑިވްސް އިން ބުނީ އެންޖީއޯތަކުން ޢައްޒާގެ ރައްޔިތުންނަށް ބޭނުންވަނީ ކޮންކަހަލަ އެހީތެރިކަމެއްތޯ އެންގުމުން އެބޭފުޅުން އެތަކެތި ފޯރުކޮށްދެއްވާ ކަމަށެވެ.

އަދި މިހާރު ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި މިވަގުތު އެންމެ ބޮޑަށް އެގައުމުގެ ރައްޔިތުން ބޭނުން ވެފައިވަނީ ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ތަންތަން އާރަސްތު ކުރުން ކަމަށްވާތީ އެކަމުގައި ބޭނުންވާ ތަކެތި ފޯރުކޮށްދޭ ކަމަށް އައިއޭސީ މޯލްޑިވްސްއިން ބުންޏެވެ.

މީގެ އިތުރުން ރާއްޖެ ޓީވީ މެދުވެރިކޮށް ގެނެސްދިން ޓެލެތޯން ޝޯ މެދުވެރިކޮށް ވެސް މިއަތޮޅުގެ ބައެއް ރަށްރަށުން ވަނީ ފަލަސްތީނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.