ޓޫރިޒަމް މިނިސްޓްރީން ބ. އަތޮޅު ކައުންސިލާ ބައްދަލުކޮށްފި

ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓުގެ ދަށުން ބ. އަތޮޅުގައި ޓޫރިޒަމް ގެ ސިނާއަތް ފުޅާކުރުމުގެ ގޮތުން ލޯކަލް ޓޫރިޒަމް ކުރިއެރުވުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން މައުލޫމާތު އެއްކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ބ. އަތޮޅު ކައުންސިލާ ބައްދަލުކޮށްފި އެވެ.

އޮންލައިންކޮށް އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ބ. އަތޮޅު ކައުންސިލްތަކުގެ ރައީސުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ، ފަތުރުވެރިކަމުން ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ފައިދާ ހޯދައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކައުންސިލްތަކާ ގުޅިގެން ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ހިންގުމަށްޓަކައި ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީ އެ މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ކައުންސިލް މެމްބަރުން ފާހަގަކުރެއްވި ގޮތުގައި ބ. އަތޮޅު ގައި ޓޫރިޒަމް ފުޅާވަމުންދާއިރު، އެކަމުގެ ފޮނިމީރުކަން އެންމެ ފުރިހަމަ ގޮތުގައި އަތޮޅުގެ ރައްޔިތުންނަށް ނުލިބޭގޮތަށް ތަރައްގީ ވެގެން ދިއުމަކީ އެދޭ ކަމެއް ނޫނެވެ.

ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި މިނިސްޓްރީއިން މިކަމަށް ހާއްސަކޮށް “ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން” ޔުނިޓެއް ވަނީ ގާއިމުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.