އޭދަފުށި މޮނިޓަރިންގައި އޮންނަތާ ދެ މަސް

ބ. އޭދަފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެގެން، މިރަށް މޮނިޓަރިންއަށް ލީ މިދިޔަ އޭޕްރިލް މަހުގެ 19 އެވެ. އޭގެ ފަހުން ދެ މަސް ވީ އިރު ވެސް ރަށް މޮނިޓަރިންގެ ހާލަތުން ނެގޭގޮތެއް ނުވި އެވެ.

<div class="wp-block-image"><figure class="aligncenter"><a href="http://ore.do/app"><img src="http://www.eydhafushitimes.com/live/wp-content/uploads/2021/06/OMAd-300x280-1.png" alt=""></a></figure></div>

މިމަހު ކުރީކޮޅުން ފެށިގެން އޭދަފުށީގައި ބަލި ފެތުރުން ވަނީ ވަރަށްބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ މޮނިޓަރިން އުވާލައި ރަށް އާއްމު ހާލަތަށް ބަދަލުވާނެ ކަމުގެ އުއްމީދުގަ އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ޕޮޒިޓިވް ކޭސްތަކެއް ނުފެނި އޮއްވާ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަނެއްކާވެސް އިތުރު ކޭސްތައް ވަނީ ފެންނަން ފަށައިފައެވެ. 

އެއާއެކު ބަލި ކޮންޓްރޯލް ކުރުމުގައި ދަތިތަކެއް ހުރުމުން އަތޮޅު ހޮސްޕިޓަލާއި ފުލުހުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓާސްކްޕޯސްއިން އެދިގެން އެޗްޕީއޭއިން މިހާރު އަންނަނީ އަނެއްކާވެސް ބާރަ ގަޑިއިރަށް މިރަށުގައި ކާފިއުވެސް ހިންގަމުންނެވެ.

ތިންހާހަށް ވުރެ ގިނަ އާބާދީއެއް އޮންނަ އޭދަފުށި ލޮކްޑައުންކޮށްފައިވާއިރު، އެކަމަކު ކޮވިޑްގެ ހާލަތު އަރައިނުގަނެ މިހާ ގިނަ ދުވަސްވީ ރަށުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލުން ކަމަށް ބައެއް މީހުން ބުނެ އެވެ.

“ކައުންސިލާއި ހޮސްޕިޓަލުން ހަރުދަނާ އުސޫލުތަކެއް ނުގެންގުޅުމުގެ ސަބަބުން މިހާލަތުން އަރައި ނުގަނެ ގިނަދުވަސް ވެގެން މިދަނީ. ފުރަތަމަ ދުވަހުން ފެށިގެން ބަލިޖެހޭ މީހުން އައިސޮލޭޓްކުރަން ހެދި ފެސިލިޓީވެސް އާއްމުންނަށް ލިބޭނެގޮތް ހެދިނަމަ މިހާ ގިނަ ދުވަސް ވެގެން ނުދިޔައީސް،” މިރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

“އެހާ ގިނަ ދުވަހު ގޭގައި ބަންދުވެފައި ތިބެން ޖެހުމުން ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ވަނީ ދަތިތައް ކުރިމަތިވެފައި.”

އޭދަފުށީގައި ކޮވިޑް ފެތުރެން ފެށިތާ ދެ މަސް ވީއިރު މިހާތަނަށް 313 މީހުންނަށް ވަނީ ބަލިޖެހިގފައެވެ. އޭގެ ތެރެއިން 285 މީހުން ބަލިން ރަނގަޅުވި އިރު، ކޮވިޑް ޖެހިގެން ތިން މީހަކު ވަނީ މަރުވެފަ އެވެ. ބަލި ފެތުރެން ފެށި ފަހުން މިމަހު ކުރީކޮޅު ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި ވަނިކޮށް އަނެއްކާވެސް ބައްޔަށް ޕޮޒިޓިވްވާމީހުން އަންނަނީ ފެންނަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ހަތަރު މީހަކު ޕޮޒިޓިވްވިއިރު އޭގެ ކުރީ ދުވަހު އެކަކު ޕޮޒިޓިވްވި އެވެ. އެކަމަކު އިއްޔެ އެއްވެސް މީހަކަށް މި ބަލި ނުޖެހެއެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ކޮވިޑް ޓާސްކްފޯސް އިން މަސައްކަތް ކުރަމުންދަނީ މިރަށް ވީ އެންމެ އަވަހަކަހަށް މޮނިޓްރިން އިން ނެގި ރައްޔިތުންގެ ދިރިއުޅުން އާއްމު ހާލަތަށް ގެނެވޭތޯ އެވެ. އަދި ކެފޭ ރެސްތޯރަންޓް ހިންގާ ފަރާތްތަކަށް ރަށް މޮނިޓަރިންގައި އޮތުމުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ކަމަށްވެސް ކައުންސިލުން ބުންޏެވެ.

“ކައުންސިލުން ބުނީ މިހާލަތުން އަރައިގަތުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިެއްޖެނަމަ މިކަމަކީ ވަރަށް އަވަހަށް ހައްލުވެގެން ހިގައިދާނެ ކަމަށް ކަމަށްދެމެވެ،” 

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.