ކޮވިޑް-19: ބ. އަތޮޅުގައި އެންމެ ހާލަތު ގޯހީ ކެންދޫގައި

ބ. ކެންދޫ ހެލްތު ސެންޓަރު– ފޮޓޯ/ހިޔަލީ ފޮޓޯގްރަފީ

ބ. އަތޮޅުގައި ކޮވިޑް-19 ގެ ހާލަތު މިވަގުތު އެންމެ ގޯހީ ކެންދޫގައި ކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކެންދޫ ސިއްހީ މަރުކަޒުން ރޭ އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެރަށުން ކޮވިޑަށް މީހުން އަންނަނީ ޕޮޒިޓިވް ވަމުންނެވެ. އަދި މިހާރު ކެންދޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 52 އެވެ. އެރަށުން މިހާތަނަށް 73 މީހަކަށް ބަލިޖެހިފައިވާއިރު 21 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކެންދޫ ފިޔަވައި މިއަތޮޅުގައި ދެން ކޮވިޑް އެކްޓިވް ކޭސްތަކެއް އުޅެނީ އޭދަފުއްޓާއި ތުޅާދޫގަ އެވެ. އެގޮތުން އޭދަފުށީގައި 26 އަދި ތުޅާދޫގައި މިހާރު އުޅެނީ ކޮވިޑް ޖެހިފައިވާ އެންމެ ހަ މީހެކެވެ.

ބ. އަތޮޅުގައި ކޮވިޑް ކޭސްތަކާ ގުޅިގެން މި ތިން ރަށް މޮނިޓަރިން އަށް ލީ ގޮތަށް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. ކެންދޫ އާއި ތުޅާދޫގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަމުން އަންނައިރު، އޭދަފުށީގައި ކާފިއު ވަގުތު ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ހަވީރު 4:00 އިން ފަތިހު 4:00 އަށް އިތުރުކޮށްފަ އެވެ.

ބ. އަތޮޅުގައި މިދިޔަ އެޕްރީލް/މެއި މަހު ކޮވިޑް ކޭސްތައް އިތުރުވާން ފެށި ފަހުން، މި އަތޮޅުން ޖުމުލަ 461 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ތެރެއިން 375 މީހުން ރަނގަޅު ވެފައިވެ އެވެ. މި ވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 84 މީހުން ތިބި އިރު، މި ބަލީގައި މިއަތޮޅުން ތިން މީހަކު މަރުވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.