ކަމަދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

އެމްޑަބްލިއުއެސްސީން ކަ މަދޫގައި އަޅާ ފެސިލިޓީ ބިލްޑިންގެ މަސައްކަތް ކުރިއަށްދަނީ– ފޮޓޯ: އެމްޑަބްލިއުއެސްސީ

ބ. ކަމަދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތެވެ. ފެނާއި ނަރުދަމާގެ މަސައްކަތްކުރަން ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކަމަދޫގައި 4.38 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅާނެ އެވެ. މީގެ އިތުރުން އާރްއޯ ފެސިލިޓީ ބިލްޑިންގާއި ފެން އުފެއްދުމަށްޓަކާއި ދެ އާރްއޯ ޕްލާންޓްގެ އިތުރުން ފެން ރައްކާކުރުމަށް ތިން ތާނގީ ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ފެން އެ ރަށުގެ ގެތަކުގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް އެމްޑަބްލިއުއެސްސީން ކުރާނެ އެވެ.

ކަމަދޫ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 3.88 ކިލޯ މީޓަރުގެ ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކޮށް، 474 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ދެ ޕަންޕިން ސްޓޭޝަނާއި ސީއައުޓްފްލޯއެއްގެ އިތުރުން އިދާރީ ބިލްޑިން އިމާރާތް ކުރާނެ އެވެ. އަދި ގެތަކުގައި ޖަންގްޝަން ބަހައްޓައިދީ ނަރުދަމާ ނިޒާމު ވެސް ގުޅުވައިދޭނެ އެވެ.

އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓާރު ސެޓާއި ފެން ތަހުލީލުކުރަން ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެ އެވެ.

މި މަޝްރޫއުއަށް ސަރުކާރުން 56.66 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. މި މަޝްރޫއު 540 ތެރޭ ނިންމަން ޖެހޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.