ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމުގައި ބީއެމްއެލް އިން މުހިންމު ދައުރެއް އަދާކުރި: ސީއީއޯ

ކޮވިޑްގެ ބަލިމަޑުމަކުގައި ގައުމަށް އެހީވުމަށް ބޭންކުން މުހިންމު ދައުރެއް އަދާކުރިކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެ އެވެ.

މިއަދު އޮންލައިންކޮށް ބޭއްވުނު އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޓިމް ސޯޔަރ ވިދާޅުވީ މި ހައްސާސްދަތި އުދަނގޫ ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގައި ބޭންކް އޮފް މޯލްޑިވްސް ދެމިއޮންނާނެ ކަމަށެވެ.

“ދިވެހިރާއްޖެ ވެގެން ދިޔައީ މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއްގައުމަށް. ކޮވިޑްގެ ސަބަބުން ދިމާވެދާނެ އިގްތިސާދީ ހީނަރުކަން ކުރިން ދެނެގަނެވި ގައުމަށް އެހީވުމަށާއި އިގްތިސާދު ހީނަރުވެނުދިނުމަށް އަޅުގަނޑުމެން ވާނީ ސްޓްރެޓަޖީއެއް އެކުލަވާލާފަ. މި ދަނޑިވަޅުގައިވެސް މެދުކެނޑުމެއްނެތި ބޭންކިންގ ހިދުމަތް ކުރިޔަށް ގެންގޮސް ކޮޮވިޑްގެ ސަބަބުން މާލީ ގޮތުން އަސަރުކޮށްފައިވާ ކަސްޓަަމަރުންނަށް އެހީވުމަށް ޝޯޓް ޓަރމް ފައިނޭނަސިންގ އެއް ދޫކުރެވި އަދި ބޭންކުން ނަގާފައިވާ ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ސަރުކާރުގެ ލޯނު ސްކީމްތައް މެނޭޖްކުރުމުގައި އެހީތެރިވެދެވުނު. މިގޮތުން އީއައިބީ ކޮވިޑް-19 ރިކަވަރީ ލޯނާއި ދާދި ފަހުން ފެށުނު އިކޮނޮމިކް ސްޓިމިއުލަސް ލޯނު ދޫކުރުމަށް އެހީތެރިވެވުނު. ކޮވިޑް ސްޓްރެޓަޖީގެ މުހިންމު ބަޔަކަށްވީ ލިކުއިޑިޓީ ޕްރެޝަރ ކުޑަކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ފަންޑިންގ ރާއްޖޭން ބޭރުން ހޯދުން. އަޅުގަނޑުމެންގެ މި ސްޓްރެޓަޖީ ކާމިޔާބުކަމަށް ސާބިތުވި. މިގޮތުން އެކިއެކި މާލީ އިދާރާތަކާ ގުޅިގެން  ފަންޑިންގެ ގޮތުގައި ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހޯދިފައިވާކަން ފާހަގަކޮށްލަން. ހަމައެހެންމެ މި ދަނޑިވަޅުގައިވެސް ގައުމަށް އިތުރަށް އެހީތެރިވުމުގެ ގޮތުން އެކަށޭނަ އަދަދަކަށް ބޭރުފައިސާ ގެ ރިސާރވް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރެވުނު.”

މިދިޔަ އަހަރުގެ ނަތީޖާއަށް އަލިއަޅުވާލަމުން ޓިމް ވިދާޅުވީ އަހަރު ކާމިޔާބު ކަމާއެކު ފެށިގެން ދިޔަނަމަވެސް ކޮވިޑް ގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީ ވަރަށް ބޮޑަށް ދަށްވެ ބޭންކަށް އެކަމުގެ ބޮޑު ނޭދެވޭ އަސަރެއް ކުރި ކަމަށެވެ.

އަދި އަހަރު ނިމުނުއިރު ޓެކްސް އަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވާއިރު 2019 ވަނަ އަހަރާ އަޅާބަލާއިރު މިއީ 60 އިންސައްތައަށް ވުރެ ބޮޑު ދަށްވުމެއް ކަމަށް ބޭންކުން ބުންޏެވެ. ނަމަވެސް ބޭންކަށް ކުރިއެރުން ލިބެމުންދިޔަ ކަމަށާއި މިގޮތުން  12،000 އައު ކަސްޓަމަރުން ބޭންކާ އަލަށް ގުޅުނު ކަމަށް ވެސް ބީއެލް އެލުން ބުންޏެވެ.

 ބީއެމްއެލުން ވަނީ އާ ލޯނުގެ ގޮތުގައި މިދިޔަ އަހަރު 3 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.