ބީއެމްއެލްގެ ޗެއާޕާސަނަކަށް ޔޫޝަޢު ސަޢީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ޗެއާޕާސަން އަކަށް ޔޫޝަޢު ސަޢީދު މިއަދު ހަމަޖައްސައިފި އެވެ.

އެ ބޭންކުގެ ޗެއާޕާސަންގެ މަގާމަށް ޔޫޝައު ހަމަޖައްސާފައި ވަނީ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާއަށްފަހު ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ މިއަދުގެ ބައްދަލުވުމުގަ އެވެ.

ޔޫޝައުގެ އިތުރުން ބީއެމްއެލްގެ ބޯޑަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބޯޑު މެމްބަރުންނާއި އާއްމު ހިއްސާދާރުންގެ ތެރެއިން ކުރިމަތިލި މީހުންގެ ތެރެއިން ބޯޑަށް މެމްބަރުން ވަނީ އައްޔަންކޮށްފަ އެވެ.

ސަރުކާރުގެ ފަރާތުން އައްޔަން ކުރި ބޯޑު މެމްބަރުން

  • މރ. ޓިމޮތީ ސޯޔަރ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)
  • އަލްފާޟިލާ ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
  • އަލްފާޟިލް ޔޫޝަޢު ސަޢީދު، ހ. ސޭންޑީ ބީޗް
  • އަލްފާޟިލާ ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ
  • އަލްފާޟިލް ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
  • އަލްފާޟިލް ޢަބްދުﷲ ޙުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ.ފުވައްމުލައް
  • އަލްފާޟިލް މުޙައްމަދު ޝަރާޙް، ކޮތަންގެ، ގދ. ފިއޯރީ

އާއްމު ހިއްސާދާރުންގެ ތެރެއިން އިންތިޚާބު ކުރި ޑިރެކްޓަރުން

  • އަލްފާޟިލް އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ
  • އަލްފާޟިލް އަޙްމަދު މުޙައްމަދު، ގ. އުފާ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.