ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތުތައް ހިންގޭ ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު ލިމިޓް ކޮށްފަައި އޮތުމަށްފަހު އެ ލިމިޓު 500 އެމެރިކާ ޑޮލަރަށް އިތުރު ކޮށްފިއެވެ.

ޑޮލަރު ލިބުން ދަތިވެ ބޭރުގެ މުއާމަލާތްތައް ކުރުމަށް ލިމިޓްކުރި އިރު ޑެބިޓް ކާޑުން ބޭރުގެ މުއާމަލާތް ކުރެވެނީ މަހަކަށް 250 ޑޮލަރެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ލިމިޓަކީ މަހަކު 750 ޑޮލަރެވެ.

ނަމަވެސް ބުރާސްފަތި ދުވަހު ބީއެމްއެލް އިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ސީއީއޯ ޓިމް ސޯޔާ ވަނީ ކްރެޑިޓް ކާޑުގެ ލިމިޓް މަތި ކުރާން ނިންމާފައިވާކަން އިއުލާނު ކޮށްފަ އެވެ. މި ބަދަލާއެކު އޮންލައިން ކޮށް ވިޔަފާރި ކުރާ ފަރާތްތަކާއި މި ނޫންވެސް ބޭނުންތަކަށް ރާއްޖޭން ބޭރަށް ދާ މީހުންނަށް ފަސޭހަ ވެގެންދާނެ އެވެ.

ބީއެމްއެލް އިން ބުނީ ކްރެޑިޓް ކާޑަށް މި ބަދަލު ގެނެނައި ނަަމަވެސް، ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރު ވެސް ދީފައިވާ ލިމިޓަކީ 250 ޑޮލަރު ކަމަށެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3،000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުން ކުރެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.