މަންދު ކޮލެޖުން ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި

މަންދު ކޮލެޖުގައި އަންނަ ސެޕްޓެމްބަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސެޕްޓެމްބަރު އިންޓޭކްގައި މާސްޓަސް ފެންވަރުން ފެށިގެން ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެއް ފެށުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ތަފާތު އެކި ދާއިރާތަކުން 37 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ސެޕްޓެމްބަރު އިންޓޭކުގައި ފަށާ ކޯސްތައް

ބިޒިނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓު
ޓުއަރިޒަމް އ ންޑު ހޮސްޕިޓަލިޓީ
ޓީޗިން – ޕްރައިމަރީ، މިޑްލް ސްކޫލު އަދި ސެކަންޑަރީ
އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ކޮމްޕިޔުޓަރ ސައިންސް
ފަބް ލިކް އެޑްމިނިސްޓްރޭޝަން
ސްޕެޝިއަލް ނީޑްސް އެޑިޔުކޭޝަން
ހިއުމަން ރިސޯސަސް
އެކައުންޓިންގް އެންޑް ފައިނޭންސް
އެޑިޔުކޭޝަނަލް ލައިބްރޭރިއަންޝިޕް

ބެޗްލާސް ޑިގްރީގެ ހުރިހާ ކޯސްތަކެއްގައި ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން އެ ކޮލުޖުގެ ކޯސްތަކުގައި ބައިވެރިވެވޭނެ އެވެ.

ސެޕްޓެމްބަރު އިންޓޭކާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެ ވުމަށް 9922935 ނަންބަރަށް ގުޅުއްވުމަށް ކޮލެޖުން އިރުޝާދު ދެއެވެ. މަންދު ކޮލެޖަކީ މެދު ކެނޑުމެއްނެތި 20 އަހަރު ، ކަނޑުހުރަސްކޮށް ތަޢުލީމު ސީދާ ރަށަށް، ރާއްޖޭގެ ފުރަތަމަ އަމިއްލަ ވާޗުއަލް ކެމްޕަސް އެއް ބޭނުންކޮށްެން ކާމިޔާބުކަމާއެކު ފޯރުކޮށްދެމުން އަންނަ ހަމައެކަނި ކޮލެޖެވެ.

ކޯސްތަކަށް އެޕްލައިކުރެވޭނީ އެ ކޮލޮޖުގެ ވެބް ސައިޓް މެދުވެރިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.