ބ. ކަމަދޫ ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހާއްސަ ކޮމިއުނިޓީ މޯބައިލް އެޕްލިކޭޝަނެއް ތައާރަފު ކޮށްފި އެވެ.
ޓެކްނޮލޮޖީގެ ގޮތުން ލިބޭ ކުރިއެރުންތައް ފަސޭހަކަމާ އެކު އާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ހަދާފައިވާ މި އެޕްލިކޭޝަން މެދުވެރިކޮށް ކައުންސިލުން ހޯދާ ހިދުމަތްތަކަށް ފައިސާދެއްކުމާއި އޭގެ ތަފްސީލުތައް ވެސް ބަލާލެވޭނެ އެވެ.
މީގެ އިތުރުން، ކަމަދޫ ކައުންސިލްގެ ނިންމުންތަކާއި އާއްމު އިއުލާނުތަކާއި ރައްޔިތުން ފޮނުވާ ސިޓީތަކުގެ ޖަވާބު ވެސް މި އެޕުން ބެލޭނެ އެވެ.
ކަމަދޫ ކައުންސިލުން ވަނީ ކޮމިއުނިޓީ އެޕްލިކޭޝަންގެ އިތުރުން ކައުންސިލުގެ ވެބްސައިޓާއި ކައުންސިލްގެ ލޯގޯ ވެސް ލޯންޗްކޮށްފަ އެވެ.