ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.
ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.
ފެބްރުއަރީ 7، 2019 ގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން އަޅާ ބުރިޖުގެ މަސައްކަތުގެވެސް 91 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 18,500 ކިއުބިކް މީޓަރުގެ އާ ހާބަރު ބޭސިން ފުންކުރުމާއި 25,000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުންކުރުމާއި 214 މީޓަރުގެ އެއްގަމު ތޮއްޓަކައި 130 މީޓަރުގެ ތޮއްޓަކާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ އެވެ.
އަދި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެ އެވެ.