ސާވިސް ޗާޖު ލިސްޓުގެ ކުރީގައި މިދިޔަ މަހު ނޯޓިލަސް މޯލްޑިވްސް

ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ބެހި ރިސޯޓަކަށް ބ. އަތޮޅުގައި ހިންގާ ނޯޓިލަސް މޯލްޑިވްސް ވެއްޖެ އެވެ.

“ރިސޯޓު ވޯކާސް މޯލްޑިވްސް” ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހު އިތާފުށިން ވަނީ ސާވިސް ޗާޖުގެ ގޮތުގައި މީހަކަށް 1،623 ޑޮލަރު (25،026ރ.) ދީފަ އެވެ.

މި ރިސޯޓުގެ އިތުރުން ބ.އަތޮޅުގައި ހިންގާ ރިސޯޓު ތަކުގެ ތެރެއިން ސާވިސްޗާޖް ލިބުނުވަރު ހާމަ ކޮށްފައިވަނީ އެންމެ ތިން ރިސޯޓުންނެވެ. އެއީ ވައްކަރު މޯލްޑިވްސް އާއި އަނަންތަރާ ކިހަވައް މޯލްޑިވްސް އަދި ރީތި ބީޗް ރިސޯޓެވެ.

ސާވިސްޗާޖްގެ ގޮތުން ބ. އަތޮޅުގައި އަބަދުވެސް އެންމެ ކުރީގައި އުޅޭ އަނަަންތަރާ ކިހަވައް މޯލްޑިވްސް އިން އޮގަސްޓް މަހު ލިބިފައިވަނީ 768 ޑޮލަރެވެ. ރީތި ބީޗް ރިސޯޓުން ސާވިސްޗާޖްގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 588 ޑޮލަރު ނުވަތަ 9067 ރުފިޔާ އެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.