ބ. ދޮންފަނުގައި އާދަޔާ ހިލާފަށް ރޯގާ ފެތުރެމުން ދިއުމާ ގުޅިގެން ނެގު ސާމްޕަލްތަކުގެ ތެރެއިން މީހަކު ކޮވިޑަށް ޕޮޒިޓިވުމުން އެ ރަށް ބަންދުކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކިގޮތެއް އަންގަންދެން އެ ރަށް ވަނީ މެންދުރުފަހު 12:00 ހާއިރު މޮނިޓަރިންނަށް ލައިފަ އެވެ.
ދޮންފަނު ކައުންސިލުން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް، ރަށަށް އަރައިފޭބުން މަނާކޮށްފައި ވާއިރު މިހާރު ރަށުގައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއީ ކޮވިޑް ފެތުރެން ފެށި ފަހުން، ދޮންފަނަށް އަރައިފޭބުން މަނާކުރެވުނު ފުރަތަމަ ފަހަރެވެ.