އީ-ޓުކުރި އާ ގުޅޭ މައުލޫމާތު ދިނުން މިރޭ އޭދަފުށީގައި

ރާއްޖޭގެ އެކި ހިސާބުތަކަށް ޕޯސްޓުގެ ހިދުމަތް ދެމުން އަންނަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން “އީ-ޓުކުރި” އާ ގުޅޭ މައުލޫމާތު ދިނުން މިރޭ އޭދަފުށީގައި އޮންނާނެއެވެ.

ޕޯސްޓު އޮފީހުގެ އީ-ޓުކުރި ޕްލެޓްފޯމަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު ރާއްޖޭގެ ހުރިހާ ރަށަކަށް އޮންލައިން ވިޔަފާރި ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އެ ކުންފުނިން ތައާރަފު ކުރި ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމްގައި ވިޔަފާރިތައް ރަޖިސްޓަރީކުރުމާ ހިސާބުން ފެށިގެން މުދާ އަޕްލޯޑު ކުރުމާއި އިސްތިހާރުކުރުމާ ހަމައަށް އީ-ޓުކުރި ޓީމުގެ އެހީތެރިކަން ލިބޭނެ އެވެ. މި ޕްލެޓްފޯމުގައި ހިލޭ ރަޖިސްޓަރީ ކުރެވޭނެ އެވެ.

މި ޕްލެޓްފޯމު ޑިޒައިންކޮށްފައި ވަނީ އޮންލައިން ވިޔަފާރިއެއް ހިންގުމަށް ބޭނުންވާ މައިގަނޑު ބައިތައް ހިމަނައިގެން ކަމަށް ވާތީ، ހިންގުމުގެ ޚަރަދު ކުޑަކޮށް، އިންވެންޓްރީ މެނޭޖްކޮށް، އިސްތިހާރު ކުރުމުގެ އިތުރުން މުދާ އުފުލުމާއި ތަންތަނަށް ގެންގޮސްދިނުމުގެ ހިދުމަތް ލިބޭނެ އެވެ. އަދި މި ޕްލެޓްފޯމްގައި ގާއިމްކޮށްފައިވާ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ހުރިހާ ވިޔަފާރި މުއާމަލާތްތަކަށް ރިއަލް ޓައިމްގައި ފައިސާ ދެއްކުމުގެ ފަސޭހަކަން ލިބޭނެ އެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަން މިރޭ 9:00 ގައި އޭދަފުށީ މަލްޓިޕާޕަސް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ވީހާވެސް ގިނަފަރާތްތައް ބައިވެރިވުމަކީ އީ-ޓުކުރި ޓީމުގެ ވަރަށްބޮޑު އެދުމެކެވެ.

މީގެ އިތުރުން މި ޕްލެޓްފޯމުގެ އެންމެ މުހިންމު ކޮމްޕޯނަންޓް ކަމުގައިވާ “ވެސަލް މެނޭޖްމަންޓް ސިސްޓަމް” އަކީ މި ޕްލެޓްފޯމުގެ ތެރޭގައި ހިންގާ ވިޔަފާރި މުއާމަލާތްތަކުން އުފައްދާ މުދާ ކަނޑުމަގުން ޓްރާންސްޕޯޓް ކުރުމަށްޓަކައި ގާއިމްކުރެވިފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ތެރެއަށް ވަންނަ އުޅަދުފަހަރު މެދުވެރިކޮށް ރާއްޖޭގެ ކަންކޮޅުތަކަށް މުދާ އުފުލުމާއި ޑެލިވަރީ އާއި ޓްރެކިންގެ ޚިދުމަތް އީޓުކުރި ޕްލެޓްފޯމުގެ ވިޔަފާރިތަކަށް ފޯރުކޮށްދެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.