ފެނަކައިން ކޮށްފައިވާ ދަތުރުތަކަށް ފައިސާ ނުދޭތީ ފެހެންދޫ ގައި މުޒާހަރާކޮށްފި

ފެހެންދޫ ފެނަކަ ބްރާންޗްގެ ކުރިމަތީގައި މުޒާހަރާ ކުރަނީ

ފެނަކައިންކޮށްފައިވާ ދަތުރުތަކަށް ދޭންޖެހޭ ފައިސާ ނުދޭކަމަށް ބުނެ،ފެހެންދޫގައި ލޯންޗު ދަތުރުކުރާ ފަރާތްތަކުން މިއަދު މުޒާހަރާކޮށްފި އެވެ.

ބ ފެހެންފޫ ފެނަކަ ކޯޕަރޭޝަން ކުރިމަތީގައި ބޯޑު ތަކެއް ހިފައިގެން މި މުޒާހަރާގައި ބައިވެރި މީހުން ބުނީ އެ ފަރާތްތަކުގެ ބިލްތަކަށް ފައިސާ ނުދައްކާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

ފެހެންދޫ ފެނަކަ ބްރާންޗްގެ ކުރިމަތީގައި މުޒާހަރާކުރަނީ

މުޒާހަރާގެ ބައިވެރިން ހިފަހައްޓައިގެން ތިބި ބޯޑު ތަކުގައި ފެނަކައިން ކޮށްފައިވާ ދަތުރުތަކުގެ ފައިސާދީފައިނުވާ ކަމަށާއި އަދި ފެނަކަ ކޯޕަރޭޝަން ވަނީ ރައްޔިތުންނަށް ދަރާފައިކަމަށް ލިޔެފައިވެއެވެ.

އަދި މިބިލްތަކަށް ފައިސާ ނުދެއްކިފައިވަނީ ކޮން ސަބަބަކާއި ހުރެކަމެއް ފެނަކައަކުން ސާފުކޮށް ދެއްވާފައިނުވާ ކަމަށް މި މުޒާހަރާގައި ބައިވެރިވި ޒުވާނުން ބުންޏެވެ.

ފެހެންދޫ ފެނަކަ ބްރާންޗްގެ ކުރިމަތީގައި މުޒާހަރާކުރަނީ

އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ފެނަކައިން ވަނީ މީގެ ކުރިންވެސް މިފަދަ ގޮތަކަށް އަމަލުކޮށްފައެވެ. އެގޮތުން ކުރިން ފެނަކަ ހިންގަމުންދިޔަ އަމިިއްލަ ފަރާތެއްގެ ގޭގޭ ކުލި ނުދައްކާ ގިނަ ދުވަސް ވަމުން އެފަރާތުން ފެނަކަ މުވައްޒަފުންނަށް ނުވަދެވޭނެހެން ތަން ބަންދުކުރުމުން މުވައްޒަފުން މަގުމަތިވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.