އުރީދޫ 5ޖީ އެއަަރ ފައިބާ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް

އުރީދޫގެ 5ޖީ ހޯމް ބްރޯޑްބޭންޑް، އެއާ ފައިބާ ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

މި ގެނައި ބަދަލާއެކު، އެ ޕެކޭޖުތަކުގެ ސްޕީޑް ވެސް ކުރިއަށް ވުރެ އަވަސްވާނެ އެވެ. މިއީ ހައި ސްޕީޑް އިންޓަނެޓް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ގެނައި ބަދަލެއް ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، 5ޖީ އެއާފައިބައާއެކު، ހައި ސްޕީޑުގެ އިތުރުން އިންޓަނެޓާ ކަނެކްޓް ކުރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަވާނެ އެވެ.

އެއާ ފައިބަ ޕެކޭޖުތަކަށް ގެނައި ބަދަލު:

– އެއާ ފައިބަ 749/ 749ރ./ 300ޖީބީ/ ތްރޮޓަލް ސްޕީޑް: 2އެމްބީޕީއެސް

– އެއާ ފައިބަ 999/ 999ރ./ 500ޖީބީ/ ތްރޮޓަލް ސްޕީޑް: 2އެމްބީޕީއެސް

– އެއާ ފައިބަ 1499/ 1499ރ./ 750ޖީބީ/ ތްރޮޓަލް ސްޕީޑް: 2އެމްބީޕީއެސް

– އެއާ ފައިބަ 1999/ 1999ރ./ 1024ޖީބީ/ ތްރޮޓަލް ސްޕީޑް: 5އެމްބީޕީއެސް

– އެއާ ފައިބަ 2999/ 2999ރ./ 1536ޖީބީ/ ތްރޮޓަލް ސްޕީޑް: 5އެމްބީޕީއެސް

– އެއާ ފައިބަ 5999/ 5999ރ./ 4000ޖީބީ/ ތްރޮޓަލް ސްޕީޑް: 5އެމްބީޕީއެސް

މިހާރު ތިިބި ކަސްޓަމަރުންނާއި އަލަށް އެއާ ފައިބަ ނަގާ މީހުންގެ ޑިވައިސް އަށް ހާއްސަ އޮފާއަކާއެކު މި ހަލުވި ސްޕީޑްގެ ބޭނުން ވެސް ހިފޭނެ ކަމަށް އުރީދޫން ބުނެ އެވެ. މި ޕެކޭޖުތައް ބޭނުންކޮށްގެން އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމާއި ފިލްމާއި ޝޯތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޑައުންލޯޑް ކުރެވޭނެ އެވެ.

މީގެ އިތުރުން ހައި ސްޕީޑް އިންޓަނެޓާއި ލޯ ލޭޓެންސީގެ ސަބަބުން ގޭމް ކުޅޭ މީހުންނަށް ވެސް ބުރޫ އެރުމެއް ނެތި އެކަން ކުރުމުގައި ދައްޗެއް ކުރިމައްޗެއް ނުވާނެ އެވެ.

އުރީދޫން ވަނީ އެ ކުންފުނީގެ 5ޖީ އެއާ ފައިބަ ދުރު ރަށްރަށާއި ގޭގައި މަސައްކަތް ކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން އެއް އަހަރު ދުވަހުގެ އެއްބަސްވުމަކާއެކު ޑިވައިސް ޕްލޭނެއް ވެސް ތައާރަފު ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.