ބ.ގޮއިދޫ އިންޓަރ އޮފީސް ފުޓްސަލް ޓޯނަމަންޓްގެ ގުރުއަތުލުން މިރޭ ބާއްވައިފި އެވެ.
“ޒޫމްޑީލްސް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓް 2021” ގެ ނަމުގައި މި މަހުގެ 20 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ މި މުބާރާތުގައި ހަތަރު ޓީމު ވާދަކުރެއެވެ.
މި މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ކައުންސިލް އާއި ސްކޫލެވެ.
ކޮންމެ އަހަރަކުވެސް އޮފީސްތަކުގެ މެދުގައި ބާއްވާ މި މުބާރާތް މިފަހަރު އިންތިޒާމްކުރައްވަނީ ބ. ގޮއިދޫ ސްކޫލުންނެވެ.
މި މުބާރާތުގެ މަގުސަދަކީ ބ.ގޮއިދޫގެ ހުރިހާ މުއްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމާއި މުވައްޒަފުންގެ ދުޅަހެޔޮކަން އިތުރުކޮށް ރަށުގެ ރައްޔިތުންނަށް ނަމޫނާދެއްކުން ކަމުގައި މުބާރާތް އިންތިޒާމް ކުރައްވާ ފަރާތްތަކުން މައުލޫމާތުދެއެވެ.
މި މުބާރާތް 2019 ވަނަ އަހަރު ފެނަކައިން ކާމިޔާބު ކޮށްފައިވާއިރު މިދިޔަ އަހަރުގެ މުބާރާތް ކޮވިޑް-19 އާ ގުޅިގެން ނުބާއްވަ އެވެ.