މިމަހު ކުރީކޮޅު ބ. މާޅޮހުން ކޮވިޑްފެނި، އެ ރަށުން ނެގި ސާމްޕަލްތަކުން އިތުރު ބަޔަކު ބައްޔަށް ޕޮޒިޓިވްވެ އެ ރަށުގައި ބަލީގެ ބިރު ބޮޑުވެއްޖެ އެވެ.
މާޅޮހުގައި އެންމެ ފުރަތަމަ ކޮވިޑް-19އަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 8 ގައި، އެރަށު ސްކޫލް ދަރިވަރަކާއި ޓީޗަރެކެވެ.
އޭގެފަހުން އާއްމުންގެ ތެރޭގައި ބަލި ފެތުރެމުންދާކަން ޔަގީންކުރުމަށް އެރަށު ސިއްހީ މަރުކަޒުން ވަނީ ރެންޑަމް ސާމްޕަލް ނަގަން ފަށައިފަ އެވެ. މިއަދާ ހަމައަށް 264 ސާމްޕަލް ނެގިއިރު، އޭގެ ތެރެއިން މިހާތަނަށް 32 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
މާޅޮހުގައި ކޮވިޑް ކޭސްތައް ދުވަހެއް ދުވަހަށް އިތުރުވަމުން ދާތީ އެރަށު ރައްޔިތުން ތިބީ ކަންބޮޑުވުމެއްގައެވެ. ރަށުގެ ދެބައިކުޅަ އެއްބައި ގޭގެ މިވަގުތު އޮތީ ކަރަންޓޏުކޮށްފަ އެވެ.
ރައްޔިތުންގެ މެދުގައި ހޭލުން ތެރިކަން އިތުރު ކުރުމަށްޓަކައި ލައުޑް ސްޕީކަރުން ރަށުތެރޭގައި އެޗްޕީއޭގެ ގައިޑް ލައިންތަކަށް ތަބާވުމަށް ދަނީ އަންގަމުންނެވެ.
ކޮވިޑްގެ ބަލިމަޑުކަން އޮތުމާއެކު މާޅޮހަށް މި ވަގުތު އަރާ ފޭބުމަކީ މަނާކަމެކެވެ.