ސާފް ޗެމްޕިއަންޝިޕުގެ ޓައިޓަލް ސްޕޮންސާއަކަށް އުރީދޫ

އަންނަ މަހު ފަށާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އުރީދޫއިން ޓައިޓަލް ސްޕޮންސާކަން ނެގުމާއެކު މިފަހަރުގެ މުބާރާތް ކުރިއަށް ދާނީ “އުރީދޫ ސާފް ޗެމްޕިއަންޝިޕް” ގެ ނަމުގަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާޓެއްގައި އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް އެވެ.

މި ރަސްމިއްޔާތުގައި ނިޔާޒު ވިދާޅުވީ ފުޓުބޯޅައަކީ ދިވެހިންގެ ލެޔާއި ގުޅިފައިވާ ކުޅިވަރެއް ކަމަށާއި އަދި އުރީދޫއާއިވެސް ވަރަށް ގާތް ކުޅިވަރެއް ކަމަށެވެ. އަދި މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވުމަކީ ވަރަށް ފަޚުރުވެރިވާ ކަމެއް ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

“ގައުމީ ފޯރީގައި ބައިވެރިވެ، ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި، ފޯރި އާއިއެކު ކުލަގަދަކޮށް މި މުބާރާތް ގެންދިޔުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް އަޅުގަނޑުމެން މިތިބީ އަތުކުރި އޮޅާލައގެން.” ނިޔާޒު ވިދާޅުވިއެވެ.

ސާފް ޗެންޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ އެކަކުން ފެށިގެން އެމަހުގެ 16 ގެ ނިޔަލަށެވެ. މިއީ، އެހެން ގައުމަކާއި ބައިވެރިނުވެ، ހަމައެކަނި ރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.