ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަސައްކަތް ފަށާފައިވަނީ މި މަހުގެ 15 ގައެވެ.
މި މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 11,700ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، ބެޑު ތައްޔާރުކުރުމާއި، 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
އެމްޑީސީސީން ބުނިގޮތުގައި މިއީ 10.13 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.