ބ. ތުޅާދޫއަށް ހިލަވެލި ހިފައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ބ. އިންނަފުށި ފަރަށް އަރައިފި އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި އިންނަފުށީ ހުޅަނގުފަރާތު ފަރަށް އަރާފައި ވަނީ ހ.އ ބާރަށު ދޯންޏެކެވެ.
ގޮއިދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ނާފިޒު ވިދާޅުވީ ފަރަށް އެރި ދޯނިން ދަތުރުކުރީ ހަތަރު ދިވެހިން ކަމަށާ އެ އެންމެންގެ ހާލު ވެސް ރަނގަޅުކަމަށެވެ. އަދި އެ ދޯނީގެ ފަޅުވެރިން މިހާރު ތިބީ ގޮއިދޫގައި ކަމަށް ވެސް ނާފިޒު ވިދާޅުވި އެވެ.
ފޮޓޯ ތަކުން ފެންނަގޮތުގައ ފަރަށްއެރުމުގެ ސަބަބުން މި ދޯނީގެ ބޮޑު ބައެއް ވަނީ އަޑިއަށް ގޮސްފަ އެވެ. އެ ދޯނި ފަރަށް އެރުމާއެކު ކޯސްޓުގާޑުން ވަނީ ދޯނި ފުންކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައެވެ.އަދި މަސައްކަތުގައި ގޮއިދޫގެ ރައްޔިތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.