އިންޓަރ އޮފީސް ފުޓްސަލް: ގޮއިދޫ ސްކޫލް ފައިނަލާ ގާތަށް

ބ. ގޮއިދޫގައި މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓުގައި ރޭ ކުޅުނު މެޗުން މޮޅުވެ، ގޮއިދޫ ސްކޫލުން ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

މި މެޗަށް ނުކުތްއިރު ސްކޫލް ޓީމު ކުޅުނު ފުރަތަމަ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ރޭ ކުޅުނު މެޗުން ސްކޫލް ޓީމް ކުރިހޯދީ އެންމެފަހުގެ ޗެމްޕިއަން ފެނަކައިގެ މައްޗަށް 9-0 އިން ކުރި ހޯދައިގެންނެވެ.

މި މެޗުގައި ސްކޫލް ޓީމުގެ ޖަޒްލާން ހެޓްރިކް ހެދިއިރު،  ހުސައިން ޝާމް އާއި ފިރުޝާން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު އަދި ޔޫސުފް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އަނެއް ލަނޑަކީ ފެނަކައިގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ދެ ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ހުސައިން ޝާމް އެވެ.

ރޭ ކުޅުނު އަނެއް މެޗުގައި އެމްޑަބްލިޔުއެސްސީ އިން ވަނީ ކައުންސިލުގެ މައްޗަށް 4-1 އިން ކުރި ހޯދައިފަ އެވެ. މި މެޗުގައި އެމްޑަބްލިއުއެސްސީގެ އަނޫސް ދެ ގޯލު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ އަޖުވަދު އާއި އިބްރާހިމް ސުނާނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ އަހްމަދު ޝަފްރާޒް އެވެ.

ގޮއިދޫ ފުޓްސަލް ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅެނެއެވެ. ފައިނަލަށްދާ ދެ ޓީމު ޔަގީންވަނީ މިރޭގެ މެޗުގެ ނަތީޖާތައް ނުކުންނަ ގޮތަކުންނެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 20:30 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.