ގޮއިދޫ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މި ފަހަރު ވެސް ފެނަކަ އަށް

ބ. ގޮއިދޫގައި ބޭއްވި އިންޓަ އޮފީސް ފުޓްސަލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ފެނަކަ އިން ހޯދައިފި އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ އިން ހޯދީ ރޭ ގޮއިދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި އެރަށު ސްކޫލް ޓީމާ ބައްދަލުކޮށް 5-2 ލަނޑުން މޮޅުވެގެންނެވެ.

މި މެޗްގެ އެއްމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައި ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ފެނަކަ ޓީމްގެ ޝަމްއޫން ޖަމީލެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

މި މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ދިނުންވެސް ރޭގައި އޮތެވެ. އެގޮތުން މުބާރާތުގެ އެއްމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ފެނަކަ ޓީމްގެ ޝަމްއޫން ޖަމީލް، ހަސަން ނިޒާމް، ސްކޫލް ޓީމުގެ ހުސެއިން ޝާމް، އަލީ ޖަޒްލާންއެވެ. އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްކޫލް ޓީމްގެ އަލީ ޖަޒްލާން އެވެ. ޖަޒްލާން ވަނީ މިމުބާރާތުގައި 12 ގޯލް ޖަހާފައެވެ.

ރަނައަޕް ޓީމާއެކު ސްކޫލް ޓީމު ވަނީ ފެއާޕްލޭ ޓީމަކަށްވެސް ހޮވިފައެވެ.

 މިމަހުގެ 20 ން 24 ށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމް ބައިވެރިވެފައިވާއިރު، މިއަހަރުގެ މުބާރާތް އިންތިޒާމު ކުރީ ގޮއިދޫ ސްކޫލުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.