ގޮއިފުޅަފެހެންދޫގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަޝްރޫއު އަލުން ބީލަމަށް ލައިފި

ބ. އަތޮޅުގެ އެހެން ރަށްތަކާ ދުރުގައި އެއް ފަޅެއްގެ ތެރޭގައި އޮންނަ ގޮއިދު އާއި ފުޅަދޫ އަދި ފެހެންދޫއަށް ކަރަންޓް ދިނުމަށްޓަކައި އެއް ވިއުގައަކުން ގުޅައިދޭނެ ބަޔަކު ހޯދަން ފެނަކަ ކޯޕަރޭޝަނުން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެ ކުންފުނިންް ބުނީ އެކަމަށް ކުރިން ހުޅުވާލި ބީލަމަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ މިހާރު ބާތިލްކޮށްފައިވާ ކަމަށެވެ.

މިހާރު ހަމަޖެހިފައި އޮތް ގޮތުން ބ. ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫގެ ޕަވާ ގްރިޑުތައް އެއް ވިއުގައަކުން ގުޅައިދޭނެ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 19 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިފަހަރު ކުރި އިއުލާނުގައި ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭ އަދަދުވެސް ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން މިހާރު ބިޑް ސެކިއުރިޓީގެ އަދަދަކީ 10،000 ޑޮލަރެވެ. ފެނަކައިން ވަނީ ރާއްޖެއިން ބޭރުގެ ކުންފުނިތަކަށްވެސް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ގޮއިފުޅަފެހެންދޫގެ ތިން ރަށުގެ ޖުމުލަ އާބާދީއަކީ ގާތްގަނޑަކަށް 1،500 މީހުންނެވެ. އޭގެ ތެރެއިން ބޮޑު ރަށަކީ ގޮއިދު އެވެ. ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ފަހު މައި އިންޖީނުގެ ބަހައްޓާނީ ގޮއިދޫގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.