ބ. މާޅޮހަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރަން ފެނަކަ ކޯޕަރޭޝަނުން އެ ރަށަށް 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް ގެނެސްފި އެވެ.
ފެނަކައިން އެ ރަަށަށް މި ޖަނަރޭޓަރު ގެންދިޔައީ އިއްޔެ އެވެ.
މި ޖަނަރޭޓަރު އިންޓޯލްކޮށް ކަރަންޓް ފޯރުކޮށްދޭން ފެށުމުން މެދުކެނޑުމެއްނެތި އެ ރަށުުގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މާޅޮހުގައި މިހާރު ބޭނުން ކުރާ ޖަނަރޭޓަރުން އެ ރަށުގެ ހުރިހާ ގެއަކަށް ކަރަންޓް ފޯރުކޮށްދޭ ކެޕޭސިޓިއެއް ނުހުރެއެވެ. އެހެންކަމުން ކަރަންޓު ކެނޑުން ފަދަ ކަންކަން އާއްމުކޮށް ދިމާވެއެވެ.
ފެނަކައިން އަންނަނީ އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައިވެސް ބައެއް ރަށްތަކަށް އާ ޖަނަރޭޓަރު ވަނީ ގެންގޮސްފައެވެ