ގޮއިދޫ ސްކޫލްގެ ދަރިވަރުން މުރަކަ އާލާކުރަނީ

ބ. ގޮއިދޫ ސްކޫލްގެ ދަރިވަރުން މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ގޮއިދޫ ސްކޫލްގެ ނޭޗަ ކްލަބުން އިސްނަގައިގެން މިދިޔަ ބުދަ ދުވަހުފެށި މުރަކަ އިންދުމުގައި މި ޕްރޮގްރާމަށް އެ ސްކޫލަށް އެހީތެރިކަން ފޯރުކޮށް ދެނީ، ފަރުތަކުގެ ދިރުންތަކާބެހޭ ރާއްޖެއިން ބޭރުގެ މެރިން ބައިލޮޖިސްޓަކާއި، އޭނާ އާ އެކު މަސައްކަތް ކުރާ ދިވެހި ދެ ޑައިވަރުންނެވެ.

ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ނިޒާމް ވިދާޅުވީ މުރަކަލަ އާލާ ކުރުމުގެ ޕްރޮގްރާމެއް ފެށީ، ތިމާވެއްޓާ ގުޅުވައިގެން ގަސް އިންދުމުގެ ހަރަކާތްތައް އަބަދުވެސް އެ ސްކޫލުން ކުރިއަށް ގެންދާތީ، ހަޤީޤީ ތިމާވެއްޓެއް ރާއްޖޭގައި އޮތީ ކަނޑުގައި ކަމަށް ވާތީ، ކުދިންނަށް ފަރުތަކުގެ ދިރުން ނެތިދާ ގޮތް އަމަލީ ގޮތުން ތަޖުރިބާ ކުރުމުގެ ފުރުޞަތު ހޯދައި ދިނުމުގެ ގޮތުންނެވެ.

ނޭޗަރ ކުލަބުގެ މެމްބަރުންނާއި ސީނިއަރ ޕްރިފެކްޓަރުން ހިމެނޭހެން 23 ދަރިވަރަކު ވަނީ ތިން ފުރޭމެއްގައި މުރަކަ ހަރުކޮށް، ރަށާ ދުރުގައި އޮތް ހަނިފަރުގައި މި ފްރޭމްތައް އިންދާފައެވެ.

ޕްރިންސިޕަލް ވިދާޅުވި ގޮތުގައި ހަނިފަރުގައި އިންދި މުރަކަތައް ވަކި ވަރަކަށް ބޮޑުވުމުން ބަދަލު ކުރަން ނިންމާފައި ވަނީ އެ ރަށާ ކައިރިއަށެވެ.

“އެއީ އެހާ ދުރުގައި އިންދައިގެން މޮނީޓާކޮށް ބަލަހައްޓަން ފަސޭހަ ނުވާނެތީ،” ރަށާ ކައިރީގައި މުރަކަތައް ހައްދަން ފެށުނީމާ ކުދިންނަށް ވެސް ހަފްތާގެ ބަންދު ދުވަސްތަކުގައި ގޮސް، އަންނަ ބަދަލުތައް މޮނީޓާކޮށް ބެލެހެއްޓޭނީ ” ނިޒާމް ދަރިވަރު.އެމް އަށް ވިދާޅުވިއެވެ.

ނިޒާމް ވިދާޅުވީ، އެ ސްކޫލުން ފެށި މި ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ، އެ ރަށުގެ ފަރުގެ އެކި ސަރަހައްދުގައި މުރަކަ އިންދަން ޕްލޭން ކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.