ކުޑަރިކިލުން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، މޮނިޓަރިންއަށް ލައިފި

ބ. ކުޑަރިކިލުން ކޮވިޑް-19އަށް ނުވަ މީހަކު ޕޮޒިޓިވްވެ، އެ ރަށް މޮނިޓަރިންއަށް ލައިފި އެވެ.

ކުޑަރިކިލު ހެލްތު ސެންޓަރުން ބުނި ގޮތުގައި އެންމެ ފުރަތަމަ އެރަށުން ޕޮޒިޓިވްވީ ރޯގާގެ އަލާމާތްތައް ހުރެގެން މިދިޔަ އަންގާރަ ދުވަހު އެރަށު ހެލްތު ސެންޓަރަށް ދެއްކި މީހެކެވެ.

ޑަރިކިލު ހެލްތު ސެންޓަރުން ބުނީ އެ ކޭސްއާ ގުޅިގެން އެ ރަށުން 35 ސާމްޕަލެއް ނަގާފައިވާ ކަމަށާއި އެ ސާމްޕަލްތަކުގެ ތެރެއިން އިތުރު އަށް މީހަކު އިއްޔެ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެރަށު ހެލްތު ސެންޓރަުން ބުންޏެވެ.

ކޮވިޑްގެ މި ކޭސްތަކާ ގުޅިގެން އެރސށުގައި އަންނަީ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި ރަށުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފަިވާއިރު، މިހާރު އެއްވެ އުޅުން މަނާކޮށް، މާސްކް އަޅައިގެން ނޫނީ ބޭރަށް ނުކުތުންވެސް ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ވިޔަފާރިތަކާއި ކެފޭ، ރެސްޓޯރެންޓްތަކުންވެސް ޑެލިވަރީގެ ހިދުމަތް އެކަނި ދިނުމަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކުޑަރިކިލު މިއަދު މޮނިޓަރިންއަށްލި އިރު މިދިޔަ އަންގާރަ ދުވަހު މިއަތޮޅު ތުލާދޫ ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.