ފެނަކަ ކޯޕަރޭޝަނުން ޒަމާނީ ފެންވަރަށް ބ. ފުޅަދޫގައި އަލަށް ތަރައްގީކުރި އިންޖީނުގެ ހުޅުވައިފި އެވެ.
ފެނަކަން ބުނިގޮތުގައި ފުޅަދޫގައި އަލަށް ހުޅުވި އެ އިންޖީނުގޭގައި އިންޖީން ރޫމާއި، ޕެނަލް ރޫމްގެ އިތުރުން އޮފީސް ބައެއްވެސް ވަނީ އިމާރާތް ކޮށްފައެވެ. އެތަނުގައި ބަހައްޓަފައިވަނީ 250 ކިލޯވޮޓްގެ އިންޖީނެކެވެ. އެ ރަށުގައި މިހާތަނަށް ހިދުމަތް ދެމުން އައީ 160، 128 އަދި 80 ކިލޯވޮޓުގެ ތިން ޖަނަރޭޓަރު ބޭނުން ކޮށްގެންނެވެ.
ފެނަކައިން ބުނި ގޮތުގައި ފުޅަދޫގައި ގާއިމްކޮށްފައިވާ އާ އިންޖީނުގެ އަކީ ވެސް ޒަމާނީ ފެންވަރަކަށް އިމާރާތްކޮށް އަދި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ އެންމެހާ ވަސީލަތްތަކާ އެކު ގާއިމުކޮށްފައިވާ އިންޖީނުގެ އެކެވެ. މި އިންޖީނުގޭގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ފެނަކައިން ބުންޏެވެ.
ފެނަކައިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެކުންފުނީގެ ހިދުމަތް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.