ބީއެމްއެލް އަށް ގިނަ ދުވަހު ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ބޭންކް އޮފް މޯލްޑީވްސްއަށް 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަން ކުރުން

ބޭންކް އޮފް މޯލްޑިވްސްއަށް 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަން ކޮށްފިއެވެ.

މިކަން ފާހަގަ ކުރުމުގެ ގޮތުން މިރޭ ބޭއްވި ހަފްލާއެއްގައި ބޭންކުން ވަނީ އެ މުއައްސަސާއަށް 15، 20، 25، 30 އަދި 35 އަހަރު ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެވޯޑު ހަވާލު ކޮށްފައެވެ. އެގޮތުން 61 ފަރާތަކަށްވަނީ މި އެވޯޑު ލިބިފައެވެ.

މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި މި ހަފްލާގައި އެވޯޑުތައް ހަވާލު ކޮށްފައިވަނީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާރ ޓިމް ސޯޔާއެވެ.

އެންމެ ހާއްސަ އެވޯޑެއްގެ ގޮތުން 35 އަހަރު ބީއެމްއެލްއަށް ހިދުމަތް ކުރެއްވި ބީއެމްއެލްގެ ކަސްޓަމާ ސާވިސް މެނޭޖާރ ޒުލްފާ މުހައްމަދު އަދި 30 އަހަރު ބީއެމްއެލްއަށް ހިދުމަތް ކޮށްދެއްވާފައިވާ އެ ކުންފުނީގެ ހެޑް އޮފް ކަސްޓަމާ ޕްރޮސެސިން ޝަމްސިއްޔާ އިބްރާހީމަށް ވަނީ އެވޯޑު ދީފައެވެ.

“މި ބޭންކަށް ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ތިޔަބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އަދާކުރައްވަމުންދާ މުހިންމު ދައުރު ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،” މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ބޭންކުގެ މުވައްޒަފުން ހީވާގި ކަމާއެކު ކުރަމުން އަންނަ މަސައްކަތަކަށް ފަހުރުވެރިވާ ކަމަށެވެ. އަދި މެދު ނުކެނޑި ކޮންމެ ދުވަހުކެމެ ރައްޔިތުންނަށް ހިދުމަތްދިނުމުގައި ނުހަނު ބުރަކޮށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް ޕްރޮފެޝަނަލް ކަމާއެކު ކުރައްވާ މަސައްކަތައް ވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.