ބީއެމްއެލްގެ ބޯޑަށް އާ މެންބަރުން ހޮވައިފި

ބީއެމްއެލް ހެޑް އޮފީސް–

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެމްބަރަކު މިއަދު އައްޔަންކޮށްފި އެވެ.

ބޭންކުން، ހާއްސަގޮތުން ބާއްވާ އާއްމު ޖަލްސާގައި ބޯޑަށް އައްޔަން ކޮށްފައިވަނީ ސަރުކާރާއި އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ދެ މެމްބަރުންނެވެ. ސަރުކާރުގެ ފަރާތުން އައްޔަން ކޮށްފައިވަނީ ސ. ހިތަދޫ ތަރިވިދާގޭ، އައިޝަތު ސަޖްނީ އެވެ. އަދި އާއްމު ހިއްސާދާރުންގެ ފަރާތުން އައްޔަން ކޮށްފައިވަނީ ހއ. ފިއްލަދޫ ކަރަންކާ ވިލާ، އަބްދުﷲ ނަސީމެވެ.

ބީއެމްއެލް ޑިރެކްޓަރުންގެ ބޯޑު މެމްބަރުން

ސަރުކާރުގެ ފަރާތުން ބޯޑަށް އައްޔަން ކޮށްފައިވާ ޑިރެކްޓަރުން:

– ޓިމޮތީ ސޯޔާ: ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު

– އާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ

– ޔޫޝައު ސައީދު، ހ. ސޭންޑީ ބީޗް

– ޖުވައިރިޔާ ސައީދު، މއ. ކޮށީގެ

– އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި

– މުހައްމަދު ޝަރާހު، ސަވާ، ފުވައްމުލައް

– އައިޝަތު ސަޖްނީ، ތަރިިދާގެ، ސ. ހިތަދޫ

އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުން:

– އިބްރާހިމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ

– އަހުމަދު މުހައްމަދު، ގ. އުފާ

– އަބްދުﷲ ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ

ބީއެމްއެލްއަށް މިދިޔަ ކުއާޓާގައި ވަނީ ހިންގުމުގެ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެހެންވެ، ބޭންކު އޮތީ އަންދާޒާ ކުރިވަރަށްވުރެ ރަނގަޅު ހާލަތެއްގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރި ޓިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އަންނަ އަހަރު ބޭންކުގެ 40 އަހަރު ފުރުން ފާހަގަ ކުރުމަށް ތަފާތު ހަރަކާތްތަކެއް ވެސް ވަނީ ރާވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.