ފުޓުބޯޅަ ކުޅެން ހުއްޓާ ހާޓް އެޓޭކެއްޖެހި ފުލުހުންގެ ޑިިވިޝަން ކޮމާންޑަރު ނަދީމް އަވަހާރަވެއްޖެ

ނަދީމަށް ހާޓް އެޓޭކެއް ޖެހިގެން ރޭ އަވަސް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދަނީ– ފޮޓޯ/ޔާނިއު

ނ، ރ، ބ އަދި ޅ. އަތޮޅަށް ކަނޑައަޅާފައިވާ ފުލުހުންގެ ޑިވިޝަން ކޮމާންޑަރު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަދީމަށް ހާޓް އެޓޭކެއް ޖެހި ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ.

ނަދީމަށް ހާޓް އެޓޭކެއް ޖެހުނީ އޭދަފުށީ އޮފީސްތަކަށް ހުޅުވާލައިގެން ރޭ  އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތުގައި ފުޓުބޯޅަ ކުޅެން ހުއްޓަ އެވެ.

އޭނާ އަވަހާރަވީ، ބ.އޭދަފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ހަށިހެޔޮ ފުޓްސަލް މުބާރާތް ހުޅުވި މެޗްގައި ކުޅެންހުއްޓާ ދަނޑުމައްޗައް ވެއްޓުމާގުޅިގެން ބ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، ހާލު ސީރިއަސްވުމުން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް މިރެ އެވެ.

ޕޮލިސް ޓީމުގެ ގޯލް ކީޕަރަކަށް ހުރި ނަދީމު އަވަހާރަވީ، ހާލު ސީރިއަސްވެ ވެންޓިލޭޓަރު ގުޅައިގެން ފަރުވާ ދިނުމަށް ފަހު ވެސް އޭނާގެ ހާލު ރަނގަޅު ނުވެ އެވެ.

ނަދީމް އަވަހާރަވުމުން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ޚިދުމަތުގެ ދިދަ، ފުލުހުންގެ ހުރިހާ މަރުކަޒެއްގައި ބައިދަނޑިއަށް ތިރިކުރަން ނިންމަވައި އެކަން އަންގަވައިފަ އެވެ.

ހިތާމަވެރި މިހާދިސާ އާ ގުޅިގެން ރޭ ވަނީ މި މުބާރާތް ވެސް މެދުކަނޑާލާފައެވެ.

އަލްމަރުޙޫމް އިސްމާއިލް ނަދީމުގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އަދި އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.