އޭދަފުށީ ކައުންސިލަށް އެސްޖީއަކަށް ކުރިމަތިލާނެ މީހަކު ނުވި

ބ. އޭދަފުށީ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލު (އެސްޖީ) ގެ މަގާމަށް ކުރިމަތިލާނެ މީހަކު ނުވުމުން އެ މަގާމަށް ކުރިމަތިލާން ތިން ވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

އޭދަފުށީ ކައުންސިލަށް އެސްޖީއަކު ހޯދަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިއަހަރުގެ ޖޫންމަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެސްޖީއަކު ހޯދަން އިއުލާން ކޮށްފައި ވީ ނަމަވެސް އެ ފަހަރު ވެސް އެއްވެސް މީހަކު އެ ކަމަށް ކުރިމަތިލާފައި ނުވާތީ މިދިޔަ ހަފްތާ ވަނީ އަނެއްކާޥެސް އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފަ އެވެ.

ސިވިލް ސާވިސް  ކޮމިޝަނުން ކުރި އިއުލާނުގައިވާ ގޮތުން އޭދަފުށި ހިމެނޭގޮތަށް 58 ރަށަކަށް އަދިވެސް އެސްޖީން ނުލިބެ އެވެ. އެހެންވެ، ގެ މަގާމަށް މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ކުރިމަތިލާން މުއްދަތު ދީފައިވެ އެވެ.

ލޯކަލް ކައުންސިލްތަކަށް 200 އެސްޖީން ހޯދަން ކުރި އިއުލާނާ ގުޅިގެން އެ މަގާމުތަކަށް 511 މީހުން ކުރިމަތިލި އެވެ. އެއީ ރަށު ކައުންސިލްގެ އެސްޖީ ކަމަށް 371 މީހަކާއި އަތޮޅު ކައުންސިލްގެ އެސްޖީ ކަމަށް 86 އަދި ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް 54 މީހެކެވެ.

އޭގެ ތެރެއިން ގިނަ ކައުންސިލްތަކަށް އެސްޖީން އައްޔަންކޮށްފައިވެ އެވެ.

ރަށު ކައުންސިލްގެ އެސްޖީންނަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،880ރ. ލިބޭނެ އެވެ. އަތޮޅު ކައުންސިލްގެ އެސްޖީންގެ މުސާރައަކީ 12،130ރ. އެވެ. އޭގެ އިތުރުން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ. ލިބޭނެ އެވެ.

ކައުންސިލްތަކަށް އެސްޖީން އައްޔަން ކުރަނީ އެ ކައުންސިލެއްގެ ލަފަޔާ އެކު ސީއެސްސީންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.