ބ. އޭދަފުށި މޮނީޓަރިންގެ ހާލަތުގައި އޮންނަތާ ހަފްތާއެއް ފަހުން މިރަށުގެ މޮނީޓަރިންގެ ހާލަތު މިއަދުން ފެށިގެން އުވާލައިފި އެވެ.
ކޮވިޑް-19 ގެ ހާލަތު ގޯސްވުމުން އޭދަފުށި މޮނީޓަރިންގެ ހާލަތަށް ގެނެސް، މިރަށަށް އަރައި ފޭބުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މަނާކުރީ މިމަހުގެ 12 ވަނަ ދުވަހު މަހު އެވެ. މިރަށުން މިފަހުން ވެސް ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ.
އެޗްޕީއޭއިން ބުނީ އޭދަފުށީގެ މޮނީޓަރިންގެ ހާލަތު މިއަދުން ފެށިގެން އުވާލީ އެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ. އެހެންވެ، މޮނީޓަރިންގެ ހާލަތާ ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލީ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މޮނިޓަރިން އުވާލި އިރު ވެސް މި ވަގުތު ކޮވިޑް ބަލީގެ 46 މީހުން މި ރަށުގައި އެބަތިއްބެވެ.