ދަރަވަންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް އަންނަމަހު ފަށަނީ

ބ. ދަރަވަންދޫ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެކުންފުނިން ބުނީ ދަރަވަންދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ފެށަން ބޭނުންވާ ހުރިހާ ސަވޭތަކާއި މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު ލިބިފައިވާކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި ދަރަވަންދޫގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ލަސްވަމުން ދާތީ އެކަމުގެ ޝަކުވާ ލިބޭކަމަށާ، މަސައްކަތް ނުފެށިލަސްވަމުން ދިޔައީ ކޮވިޑްގެ ހާލަތާ ގުޅިގެން، މި މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ނުލިބިގެން ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ދަރަވަންދޫގައި 9.53 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށް ގޭބިސީއާއި ސަރުކާރު މުއައްސަސާ ތަކާއި ގެސްޓްހައުސް ހިމެނޭ ގޮތަށް 384 ކަނެކްޝަން ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ ތިން ސަރަޙައްދެއްގައި ތިން ޕަންޕް ސްޓޭޝަން ޤާއިމްކޮށް ނަޖިސް ފެން ބޭރުކުރުމަށް މޫދަށް ހޮޅިއެއްއެވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން 0.78 ކިލޯމީޓަރުގެ ޕަމްޕިން މެއިން ގާއިމްކުރުމާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިން ފޯރުކޮށްދެވޭނެކަމަށްވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިގް ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން މި މަސައްކަތް މި އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފައިވަނީ 2020ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 15ވަނަ ދުވަހުއެވެ. މި މަސަކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 05 ޑިސެމްބަރ 2022އެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 40.3 މިލިއަން ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.