ތުޅާދޫގައި އެއާޕޯޓެއް އަޅާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ބ. ތުޅާދޫ ހިމެނޭގޮތަށް ރާއްޖޭގެ ހަ ސަރަހައްދެއްގައި އަޅަން ނިންމާފައިވާ އެއާޕޯޓްތައް ހަދާނެ މީހުން ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވައިލައިފައިވާ ކަމަށެވެ.

މި މޮޑެލްގެ ދަށުން އެއާޕޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކަކީ:

  • ހދ. މަކުނުދޫ
  • ށ. ބިލަތްފަހި
  • ބ. ތުޅާދޫ
  • ތ. ވިލުފުށި
  • ފ. މަގޫދޫ
  • ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ)

ޕްލޭނިން މިނިސްޓްރީން އިތުރަށް ބުނީ ކޮންމެ އެއާޕޯޓަކީ ވަކި މަޝްރޫއެއް ކަމުން ޝައުގުވެރިކަން ފާޅުކުރުމުގައި، ތަރައްގީ ކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއާޕޯޓު މަޝްރޫއަކަށް ކަން ބަޔާންކުރަން ވާނެ ކަމަށެވެ. ޝައުގުވެރިކަށް ފާޅުކުރުމުގައި، ހަމައެކަނި ފައިނޭންސް ކުރާނަމަ، އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިޔަން އެމެރިކާ ޑޮލަރެވެ.

މި މޮޑެލްގެ ދަށުން ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު — އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ. އީމެއިލުން ނަމަ ޝައުގުވެރިކަން ފާޅުކުރާނީ [email protected] އަށެވެ. ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާއިރު އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަން އަންގާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.