ހިޔާ ފްލެޓުތަކަށް ހާއްސަ ޕްރޮމޯޝަނެއް އުރީދޫން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިދުމަތް ދޭން ފަށައި، ހިޔާ ފްލެޓުތަކަށް ހާއްސަ ޕްރޮމޯޝަނެއް އުރީދޫން ތައާރަފުކޮށްފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން އުރީދޫ ސުޕަނެޓް ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ރައުޓަރާއި އިންސްޓޯލްމަންޓް ޗާޖު ހިލޭ ލިބޭނެ އެވެ. އަދި ސުޕަނެޓުގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހިލޭ ލޭންޑްލައިން ފޯނަކާއެކު ޓެލެކޮމިއުނިކޭޝަން ސޮލިއުޝަނެއް ލިބޭނެ އެވެ.

އުރީދޫގެ ހިދުމަތް ދެވަނަ ފިޔަވަހީގައި ދޭން ފަށާފައިވަނީ އެޗްޑީސީއާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން އެ ކުންފުނީގެ އޯޕަން އެކްސެސް ނެޓްވޯކު މެދުވެރިކޮށެވެ. މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ޑިޖިޓަލް ހިދުމަތްތަކުގެ މުހިންމުކަން މިހާރު އިތުރުވެފައިވާއިރު އެންމެނަށް އެ ހިދުމަތް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އާއްމުންގެ ދިރިއުޅުން މުއްސަނދި ކުރުމަށް ހެޔޮ އަގުގައި ޑިޖިޓަލް ސޮލިއުޝަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ހިޔާ ފެލްޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަޅުގަނޑުމެންގެ ސުޕަނެޓް ހިދުމަތާއި ފައިދާ ލިބިގަތުމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ސުޕަނެޓް ޕޯޓްފޯލިއޯއަށް ދާދިފަހުން ގެނެވިފައިވާ ބަދަލުތަކާއެކު ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވެންސްތަކާއި ހައި ސްޕީޑާއި ޑޭޓާ ރޯލް އޯވާ އަދި ސުޕަނެޓް ވޮއިސްގެ ހިދުމަތް ލިބޭނެ،” ނިޔާޒު ވިދާޅުވި އެވެ.

އުރީދޫގެ ސުޕަނެޓަށް ގެނެސްފައިވާ ބަދަލުތަކާއެކު ޑޭޓާ އެލަވެންސް 100 ޕަސެންޓާ ހަމައަށް ވަނީ އިތުރު ކޮށްފަ އެވެ. އަދި މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހު ބޭނުން ކުރެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.