ހަފުތާ ބަންދާ ދިމާކޮށް އުރީދޫ އިން 1،500ރ. ގެ ވައުޗަރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިންސްޓަގްރާމުގައި ހުޅުވާލި މި ފުރުސަތުގެ ދަށުން، އޯބިއޯން ފިހާރައަށް ގޮސް އެތަނުން އެންމެ ކަމުދާ ޕްރޮޑަކްޓެއްގެ ފޮޓޯ ޝެއާކުރާ ކޮންމެ މީހަކަށް ވެސް ވައުޗަ ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އިންސްޓަގްރާމުގައި ހިއްސާކުރާ މި ޕޯސްޓު ވާން ޖެހޭނީ ޕަބްލިކް ޕޯސްޓަކަށެވެ.
މި ފޮޓޯ ހިއްސާ ކުރާއިރު “އުރީދޫ ވީކެންޑް” ހޭޝްޓެގް ބޭނުންކޮށް، އޯބިއޯން ޓެގްކުރަން ޖެހޭނެ އެވެ.
މި ވައުޗަ ހޯދުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ ރޭ 11:59އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.