އުރީދުއަށް 110 މިލިއަން ރުފިޔާގެ ފައިދާ

އުރީދުއަށް މިއަހަރުގެ ތިންވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 109.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން ނެރުނު ތިންވަނަ ކުއާޓާގެ މާލީ ރިޕޯޓު ދައްކާ ގޮތުގައި އެ ކުންފުނީގެ ފައިދާ ވަނީ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 11 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 97.6 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު ވެސް މިއަހަރުގެ މި މުއްދަތުގައި އުރީދުއަށް ލިބުނު ފައިދާ ވަނީ އިތުރުވެފަ އެވެ. އެގޮތުން ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބުނީ 62 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި އުރީދޫގެ ފައިދާ ދަށްވީ ކޮވިޑް-19އާއެކު ގިނަ ގައުމުތަކެއް ބަންދު ކޮށްފައި އޮތުމުގެ ސަބަބުން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މަދުވެ، ރޯމިން އިން ލިބުނު އާމްދަނީ ދަށްވުމުންނެވެ.

މިއަހަރުގެ ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް ވަނީ 335.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު 58 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އުރީދޫގެ މާލީ ރިޕޯޓުތައް ދައްކާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނު ފައިދާއިން ހިއްސާއަަކަށް ޖެހެނީ 0.76ރ. އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.