ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި

އަންނަ ނޮވެމްބަރު 20 ގައި ފަށާ ސަރުކާރުގެ އޮފީސްތަކުގެ ފުޓުބޯޅަ މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އުރީދޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ބްރޭންޑް އެންޑް މާކެޓިން މެނޭޖަރު ނޫރާ ޒާހިރެވެ. ކްލަބް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗެއާމަން އިބްރާހިމް އަޝްރަފެވެ.

ކްލަބް މޯލްޑިވްސް އިން މިދިޔަ އަހަރު ބާއްވަން ކަނޑައެޅި ދެ މުބާރާތް ނުބޭއްވުނީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުންނެވެ. އޭގެ ފަހުން މި އަހަރުގެ ކުރީކޮޅު ވެސް އެކި ފަހަރު މަތިން ވަނީ މުބާރާތް ބާއްވަން މަސައްކަތް ކުރި ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން ފަސްކުރަން ޖެހުނީ އެވެ.

ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ކްލަބް މޯލްޑިވްސް އިން އަންނަނީ އަންހެން މުވައްޒަފުންނަށް ވެސް ހާއްސަ ވިމެންސް ފުޓްސަލް ފިއެސްޓާގެ ނަމުގައި މުބާރާތެއް ބާއްވަމުންނެވެ.

އަންނަ މަހުގެ 20 އިން އަންނަ ޑިސެމްބަރު 21 އަށް ކުރިއަށް ގެންދާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި މި ފަހަރު 32 ޓީމަކުން ބައިވެރިވެ އެވެ. އަންހެން ފުޓްސަލް ފިއެސްޓްގައި ބައިވެރިވަނީ އަށް ޓީމެކެވެ.

މިއީ ކްލަބް މޯލްޑިވްސް ކަޕްގައި ފިރިހެން ޑިވިޝަން ބާއްވާ 15 ވަނަ ފަހަރެވެ. އަންހެން ޑިވިޝަނުގެ މުބާރާތް ބާއްވާ 11 ވަނަ ފަހަރެވެ.

އެންމެ ފަހުން 2019 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފައި ވަނީ ބީއެމްއެލުންނެވެ. އަންހެނުންގެ މުބާރާތުގެ ޗެމްޕިއަނުންނަކީ އެމްޕީއެލް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.