އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީގެ މެސްކޮޓް ލައްވައި ގޯލެއް ޖަހައިގެން މާދަމާ ރާއްޖެ ކުޅޭ މެޗުގެ ދެ ޓިކެޓު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އުރީދޫން ވަނީ އެ ކުންފުނީގެ މޫލީ ފޭސްބުކް ޕޭޖުގައި މިކަމަށް ހާއްސަ ޕޯސްޓެއް ޝެއާކޮށްފަ އެވެ. މި ޕޯސްޓުގައި ފެންނަ ވީޑިއޯގައި މޫލީ ގޯލު ޖަހާތަން ސްކްރީންޝޮޓް ނެގުމަށް ފަހު އެ ސްކްރީންޝޮޓް ކޮމެންޓު ކުރާ ކޮންމެ މީހަކަށް ޓިކެޓު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.
އުރީދޫން ވަނީ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު އެހެން މެޗުތަކުގައި ވެސް ހިލެ ޓިކެޓު ހޯދަން ފުރުސަތު ހުޅުވާލައިފަ އެވެ.
މާދަމާރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ ރޭގަނޑު 9:00 ގަ އެވެ.
އުރީދޫ އަކީ މިއަަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރެވެ.