ޓެކާސް މައިލޯ ޗެމްޕިއަންޝިޕްގައި ބ. އަތޮޅުން 4 ޓީމު

ރާއްޖޭގެ ސްޕޯޓްސް އިވެންޓް މެނޭޖްމަންޓްކުންފުނި ޓެކާސް އިން، ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ޓެކާސް މައިލޯ ޗެމްޕިއަންޝިޕްގައި ބ. އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެއްޖެއެވެ.

މުޅި ރާއްޖެ ހިމެނޭ ގޮތަށް ރާވާފައިވާ މި މުބާރާތުގައި 80 ރަށަކުން ޓީމުތައް ވާދަކުރެއެވެ. ބ. އަތޮޅުން މި މުބާރާތުގައި ވާދަކުރާނީ އޭދަފުއްޓާއި ދަރަވަންދު އާއި މާޅޮސް އަދި ކެންދު އެވެ. މި މުބާރާތުގައި އޭދަފުށި ތަމްސީލް ކުރާނީ ވެލާ ސްޕޯޓްސް ކްލަބުންނެވެ.

މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ، 21 އަތޮޅަށް ބަހާލައިގެން ހުރިހާ އަތޮޅެއްގައިވެސް ކުޅޭ ގޮތަށެވެ. މި ޒޯނުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީމަހުގެ ތެރޭގައި ދަރަވަންދޫގަ އެވެ. މި ޒޯން ޗެމްޕިއަނުން ބައްދަލުކުރާ ދެ ފައިނަލް މެޗު ކުޅޭނީ ކ.ގާފަރުގައެވެ. އެންމެ ފަހު ފައިނަލް ކުޅޭ ރަށް ކަނޑައަޅާނީ ގުރުއަތު ނަގައިގެންނެވެ.

މުބާރާތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ޓެކާސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ޓެކާސްގެ ވެބްސައިޓުން ފެންނާނެ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ އަދި ދެވަނައަށް 25،000ރ ހުށައަޅާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.