ކިހާދޫ ބަނދަރުގެ މަސައްކަތް މާޗު މަހަށް ނިމޭނެ: އެމްޓީހޯގާޑް

ކިހާދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން

ބ. ކިހާދޫ ބަނދަރުގެ ހެދުމުގެ މަޝްރޫއު އަންނަ މާޗުމަހުގެ ނިޔަލަށް އެއްކޮށް ނިންމައިލެވޭނެ ކަމަށް އެ ޕްރޮޖެކްޓް ކުރިއަށް ގެންދާ އެމްޓީހޯގާޑުން ބުނެފި އެވެ.

އެމްޓީ ހޯގާޑާ ހަވާލާދެއްވައި ޕީއެސްއެމުން ބުނީ ކިހާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތާއި އެއްގަމު ތޮށިލުމަށް ބޭނުންވާ ބްލޮކްތައް އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އަދި އެ ބަނދަރުގައި މިހާރު ކުރަމުންދަނީ އެއްގަމު ތޮށިލުމުގެ މަސައްކަތުގެ އިތުރުން އަތުރާފައި ހުރި ބައެއް ގާ ތައް ލެވެލް ކުރުމުގެ މަސައްކަތް ކަމަށް އެކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ ބީމް އެޅުމުގެ މަސައްކަތް ފެށި ނަމަވެސް މަސައްކަތަށް ބޭނުންވާ ސިމެންތި ނުލިބުމުގެ ސަބަބުން މި މަސައްކަތް މިވަގުތައް މަޑުޖެހިފައިވާ ކަމަށެވެ. އަދި ބަނދަރަށް ވަދެ ނުކުމެ ހެދުމަށް ހަދާ ނެރު ފުންކޮށް ބައްތިޖަހާ ފަޅުގެ ފުންމިން ލެވަލްކޮށް ބަނދަރު ހިމެނޭ ސަރަހައްދުގައި ދުވާރު ހެދުމުގެ މަސަކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވަރަށްބޮޑަށް ހަލާކުވެ މަރާމާތު ނުކުރެވި 15 އަހަރުވެފައިވާ ކިހާދޫ ބަނދަރު ހެދުމުގެ މަސައްކަތަށް 31 މިލިއަން އަށް ހޯގާޑާ ހަވާލުކުރީ އޮކްޓޯބަރު، 2020 ގަ އެވެ. އަދި އަމަލީ މަސައްކަތްތައް ފެށީ މާޗު 9، 2021 ގަ އެވެ.

އެމްޓީ ހޯގާޑުން އަންނަނީ ކިހާދޫ ބަނދަރުގެ އިތުރުން މިއަތޮޅު ކުޑަރިކިލާއި ދޮންފަނު ބަނދަރު ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.