ދަ ހޯކްސްގެ އެހީގައި ދަރަވަންދޫގައި ހެދި މަސްމާރުކޭޓް ހުޅުވައިފި

ދަ ހޯކްސްގެ އެހީގައި ދަރަވަންދޫގައި ހެދި މަސްމާރުކޭޓް ރޭ ހުޅުވަިއދެނީ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ އެހީގައި ދަރަވަންދޫގައި މަސް މާސް މާރުކޭޓް ރޭ ހުޅުވައިފި އެވެ.

ދަރަވަންދޫ ބަނދަރުގެ އިރުމަތީ ފަރާތުގައި ހެދި މަސް މާރުކޭޓް ހުޅުވައިދެއްވީ ބ. އަތޮޅުގައި އެންމެ ފުރަތަމަ އިންޖީނުލީ މަސްދޯނި ތައާރަފުކުރި، އެރަށު އަބްދުލްހަކީމް އިދްރީސް (ތުއްތުބެ) އެވެ. މިރަސްމިއްޔާތުގައި ދަރަވަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

ދުވާލާއި ރޭގަނޑުގައި ވެސް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ މި މަސް މާރުކޭޓްގައި ވަނީ މަސް ވިއްކަން ބަހައްޓާށާއި މަސް ކެނޑުމަށް ހާއްސަ އަށިތަކެއް ހަދާފަ އެވެ.

ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ ސަމީހް ވިދާޅުވީ ރޭ އެރަށުގައި ހުޅުވި މަސް މާރުކޭޓްގެ ސަބަބުން ދަރަވަންދޫގެ ރައްޔިތުންނަށް ހާއްސަކޮށް މަސްވެރިންނަށް ވަރަށް ގިނަގުނަ ފަސޭހަތަކެއް ލިބގެންދާނެ ކަމަށެވެ. އެގޮތުން މިހާރު ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައި ވެސް މަސްވެރިންނާއި އާންމު ރައްޔިތުންނަށް ވެސް މަސް މާރުކޭޓް ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.  

ދަރަވަންދޫ ކައުންސިލުން ވަނީ އެރަށުގެ މަސްވެރިންނަށާއި އޮޑިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިހާރު ބަނދަރު ސަރަހައްދުން ފެނާއި ކަރަންޓް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސައިދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.