ނޮވެމްބަރު މަހު ބ. އަތޮޅުން ގްރީން ޓެކުހުގެ ގޮތުގައި 7.5 މިލިއަން ރުފިޔާ

މިދިޔަ ނޮވެމްބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި ބ. އަތޮޅުން 7.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އާންމުކުރާ ގްރީން ޓެކުހާ ބެހޭ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފެބްރުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ބ. އަތޮޅުން 7.5 މިލިއަން ރުފިޔާ ލިބުނެވެ.

ނޮވެމްބަރު މަހު ވެސް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާލެ އަތޮޅުންނެވެ. މާލެ އަތޮޅަކީ އެންމެ ގިނަ ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިމެނޭ އަތޮޅެވެ. އެގޮތުން މާލެ އަތޮޅުން 26 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 8 މިލިއަން ރުފިޔާއާ އެކު އދ އަތޮޅުންނެވެ. ރ. އަތޮޅުން 7.7 މިލިއަން ރުފިޔާ ލިބިފައިވާ އިރު ބ. އަތޮޅު ހިމެނެނީ ހަތަރު ވަނައިގަ އެވެ. ޅ. އަތޮޅުން 5.5 މިލިއަން ރުފިޔާ އާއި ދ. އަތޮޅުން 4.5 މިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ލިބުނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގްރީން ޓެކުހުގެ ގޮތުގައި ޖުމްލަ ލިބިފައިވަނީ 75 މިލިއަން ރުފިޔާ އެވެ. މީގެތޭގައި ގެސްޓްހައުސްތަކުން ލިބުނު 1.9 މިލިއަން ރުފިޔާ އާއި ހޮޓާތަކުން ލިބުނު 1.9 މިލިއަން ރުފިޔާ އަދި ރިސޯޓު ތަކުން ލިބުނު 70 މިލިއަން ރުފިޔާގެ އިތުރުން، ސަފާރީތަކުން ލިބުނު 1.5 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ. 

ގްރީން ޓެކްސް ނަގަން ފެށުނީ 2015 އަހަރުން ފެށިގެންނެވެ. އެންމެ ފުރަތަމަ ނަގަން ފެށީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެޒިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓްހައުސްތަކުން ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.