މާލެއިން އެހެން ރަށްރަށަށް ދަތުރު ކުރާއިރު ޕީސީއާރު ހެދުން މަޖުބޫރު ކޮށްފި

ރަށަކަށް ދިއުމަށް ޓަކައި ބަޔަކު ލޯންޗަކަށް އަރަނީ: ފޮޓޯ: ނިޝާން އަލީ /މިހާރު

މާލެ ސަރަަހައްދުގައި އަނެއްކާވެސް ހަލުވިކަމާއެކު، ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން، މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އިން އެހެން ރަށްރަށަށް ދަތުރުކުރުމުގައި ދީފައިވާ ލުއިތައް ހަރުކަށިކޮށް، ފިޔަވަޅުތައް މިއަދު ވަރުގަދަކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ މާލެ ސަރަޙައްދު ގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ އަދި މާލެ ސަރަޙައްދު (މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ) ގައި ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ފަސް ޕަސެންޓަށް ވުރެ މަތިވެފައިވާތީ މާދަމާއިން ފެށިގެން ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާދަމާއިން ފެށިގން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ވެސް ދެން ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކުގަ އެވެ. އަދި މި މީހުންނަަށް ދަތުރު ކުރެވޭނީވެސް ހާލުބެލުން ޕޯޓަލް އިން ހުއްދަ ހޯދައިގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ވެކްސިންގެ ޑޯޒުތައް ފުރިހަމަނުކުރާނަމަ 14 ދުވަހަށް ކަރަންޓީން ފުރިހަމަކުރަން ޖެހެ އެވެ. ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓު ހަދައި ނެގެޓިވް ނަތީޖާ ލިބުމުންނެވެ. ނަމަވެސް އެފަދަ މީހުންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ނުހިމެނެ އެވެ.

އަދި ވެކްސިން ފުރިހަމަ މީހުންވެސް މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާނަމަ “ކޮވިޑްސޭފް” ޕޯޓަލް އިން ނެގެޓިވް ނަތީޖާ ދައްކަން ޖެހެއެވެ.

ކޮވިޑް ފެތުރޭތީ ހާއްސަ ފިޔަވަޅުތަކެއް އެޗްޕީއޭއިން މި އެޅީ ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޯންގެ ކޭސްތަކެއް ރާއްޖެއިން ފެނިފައިވަނިކޮށެވެ. މާދަމައިން ފަށައިގެން ތަންފީޒުކުރަން ފަށާ އެ ފިޔަވަޅުތަކަކީ މިދިޔަ އަހަރު ކޮވިޑުގެ ހާލަތު އެންމެ ގޯސްވިއިރުވެސް އެޅި ފިޔަވަޅުތަކެވެ.

ފިޔަވަޅުތައް ވަރުގަދަކުރިއިރު، އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެވެސް ރާއްޖޭން 337 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރެއިން 101 މީހަކު މާލެ ސަރަހަށްދަށް ނިސްބަތްވާއިރު މިފަހަކަށް އައިސް މާލެ ސަރަހައްދުން ޕޮޒިޓިވްވާ މިންވަރު މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.